އިހުތިޖާޖުގައި ފުލުހުން މީޑިއާއަށް ހުރަސް އަޅާފައިވާތީ އިނދިކޮޅުން އެކަން ކުށްވެރިކޮށްފި

Loading

Facebook
Twitter
WhatsApp

 

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މިރޭ ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖުގައި ފުލުހުންގެ ފަރާތުން ނޫސްވެރިންނަށާއި، އާންމުންނަށް ލިބުނު އަނިޔާ އެ ކޯލިޝަނުން ކުށްވެރިކޮށްފިއެވެ.

އެ ކޯލިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސުލްހަވެރިކަމާއެކު މިރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖު ރޫޅާލުމަށް ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުންކޮށްފައިވާ ކަމަށާ އެކަމުގެ ސަބަބުން ނޫސްވެރިންނަށާއި އިހުތިޖާޖުގެ ބައިވެރިންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.

”އެގޮތުން މުޒާހަރާގެ ދެ ބައިވެރިއެއްގެ ފައި މަތީ ޝީލްޑުން ޖެހުމުގެ ސަބަބުން ފައި ފަޅައިގެން ދިއުމުގެ އިތުރުން އިހުތިޖާޖު ކަވަރު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ނޫސްވެރިއެއްގެ ބޯ ފަޅައިގެން ގޮސްފައިވާކަމާއި، އެއްވެސް ބަލާލުމެއް ނެތި އިހުތިޖާޖުގެ ބައިވެރިންނަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ޖަހާ ސުލްހަވެރިކަމާއެކު އިހުތިޖާޖުގައި ބައިވެރިވެފައިވާ އެތައް ރައްޔިތުންނެއް ހައްޔަރުކޮށްފައިވާކަން ވެސް ފާހަގަ ކުރަމެވެ،“ އިދިކޮޅުގެ ބަޔާނުގައި ވެއެވެ.

އަދި ނޫސްވެރިންނަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ޖެހުމުގެ އިތުރުން ގަސްތުގައި އަނިޔާކޮށްފައިވާ ތަން ވެސް ވަނީ ފެނިގެން ގޮސްފައިވާ ކަމަށާ، އިހުތިޖާޖު ކަވަރު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ނޫސްވެރިންނަށް އަމާޒުކޮށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް ދީފައިވާ އަނިޔާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް  އިދިކޮޅުގެ ބަޔާނުގައި ވެއެވެ.

އަދި ހިއުމަންރައިޓްސް ކޮމިޝަނާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ދައުލަތުގެ މުއައްސަސާތަކުން އެ ކަންކަން ބައލާ ފިޔަވަޅު އެޅުމަށް ވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން މީޑިއާތަކަށް ހުރަސް އަޅާ ނޫސްވެރިނަށް ދިން އަނިޔާތައް ބަލާ ފިޔަވަޅު އެޅުމަށް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިނަށް އެ ކޯލިޝަނަށް ވެސް އިދިކޮޅުން ގިވާލާފައި ވެއެވެ.

އިދިކޮޅު ކޯލިޝަނުގެ އިހުތިޖާޖަކީ ފިޔަވަތީގެ ހާލަތު ބޮއްސުންލައިގެން ދިއުމާއި ގުޅިގެން ބާއްވަން އިއުލާނު ކުރި އިހުތިޖާޖެކެވެ. ނަމަވެސް އިހުތިޖާޖުގެ ބައިވެރިން މައިގަނޑުކޮށް ގޮވާލަމުން ދަނީ ރައީސް ޔާމީން މިނިވަން ކުރުމަށާއި ޝަރުއީ ނިޒާމު އިސްލާހު ކުރުމަށެވެ.

މި އިހުތުޖާގައި ގިނަ އަދަދެއްގެ ބަޔަކުބައިވެރިވެފައިވާއިރު އިހުތިޖާޖޫ ރޫޅާލުމަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފައެވެ. ޗާންދަނީ މަގުގައި ފުލުހުން ބާރުގެ ބޭނުންކޮށް އެއްވެފައުތިބި މީހުން ދުރައްޖައްސަން މަސައްކަތްކުރިކުރުމުގައި ގިނައަދަދެއްގެ އާންމުންނަށާއި ނޫސްވަރިންނަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް