ސުލްތާނުގެ ޖަނާޒާ ރަސްމީ އިއްޒަތުގައި މިއަދު ބާއްވާނެ

Loading

Facebook
Twitter
WhatsApp

 

ތަމްރީނެއް ހެދުމަށް އިންޑިއާގައި ހުއްޓާ ނިޔާވި ލާންސް ކޯޕްރަލް މުހައްމަދު ސުލްތާންގެ ޖަނާޒާ ރަސްމީ އިއްޒަތުގައި މިއަދު ބޭއްވުމަށް ނިންމައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ ސުލްތާންގެ ހަށިގަނޑު މިއަދު މެންދުރު ރާއްޖެ ގެނެސް މިހާރުވަނީ އާސަހަރާއަށް ގެންގޮސްފައެވެ.

އަދި މިއަދުގެ އަސުރު ނަމާދަށްފަހު ޖަނާޒާގެ ކަންކަން ކުރިއަށްގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނައިރު ޖަނާޒާ ބާއްވާނީ ރަސްމީ އިއްޒަތުގައި ކަމަށް އެމްއެންޑީއެފްން  މައުލޫމާތު ދެއެވެ.

ސުލްތާން ނިޔާވެފައިވަނީ އިންޑިއާގެ ޕޫނޭގައި ހުންނަ ނޭޝަނަލް ޑިފެންސް އެކަޑެމީގައި އޮފިސާ ކެޑޭޓް ތަމްރީނު ހަރަކާތުގައި ދުވުމެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައިކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އޭނާ ދުވަމުންދަނިކޮށް ވެއްޓުމާއެކު ވަގުތުން އިމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާ، ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ސުލްތާން ނިޔާވެފައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އއ.ހިމަންދޫ ރޯޒްމީޑް، މުހައްމަދު ސުލްތާން ނިޔާވިއުރު  އުމުރުން 22 އަހަރެވެ.

ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން އިބްރާހިމް ސިފައިންގެ ހިދުމަތާ ގުޅިފައިވަނީ 2018 ވަނަ އަހަރުގެ އޭޕްރިލް މަހުގެ އަށް ވަނަ ދުވަހުއެވެ. ތިން އަހަރު ދުވަހުގެ ކޯހަކަށް އިންޑިއާއަށް ދިއުމުގެ ކުރިން ސުލްތާން މަސައްކަތް ކުރަމުން އައީ އިންޓަގްރޭޓެޑް ހެޑްކުއާޓާޒްގައެވެ.

ސުލްތާން ނިޔާވުމާއި ގުޅިގެން އިއްޔެގެ އިރުއޮއްސި 6:00 އިން ފެށިގެން 48 ގަޑިއިރަށް ސިފައިންގެ މަރުކަޒުތަކުގައި ހުންނަ ސިފައިންގެ ދިދަ ބައިދަނޑިއަށް ވަނީ ތިރިކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް