ރާއްޖެ ޓްރާސްޕޯޓް ލިންކަށް ފުރަތަމަ ފެރީ ލޯންޗްކޮށްފި

Loading

Facebook
Twitter
WhatsApp

 

 

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އަށް ބޭނުންވާ ފުރަތަމަ ފެރީ އުޅަނދު މިއަދު ލޯންޗުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ މި ލޯންޗަށް އިންޖީނު އަޅައި ޓެސްޓްކުރުމަށްފަހު މި ހަފުތާގެ ތެރޭގައި އަޖުމަބެލުމުގެ ދަތުރުތައް ފެށޭނެކަމަށެވެ.

 

ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ޒަމާނާ އެއްގޮތަށް ގުޅައިލުމަށް ކުރާ މަސައްކަތުގެ ތެރެއިން ސަރުކާރުގެ އަމާޒަކީ ދަތުރު ފަތުރުގެ ނިޒާމުން ގުޅާލާ ފުރަތަމަ ޒޯން (ހއ. ހދ. އަދި ށ) ގެ ދަތުރުތައް މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފެށުމެވެ.

ޕްރޮޖެކްޓް ތަންފީޒްކުރަނީ 3 ފިޔަވައްސެއްގައި، 6 ޒޯނަށް ބަހާލައިގެންނެވެ.

ސަރުކާރުން ގެންދަނީ ޒަމާނީ ހައި ސްޕީޑް ފެރީ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލަދޭ ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމުގެ ބިޔަ މަޝްރޫއެއްގެ މަސައްކަތްކުރަމުންނެވެ.

މި މަޝްރޫއުގެ ހުރިހާ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް