އައްޑޫ މާރާމާރީ: ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދަށް

Loading

Facebook
Twitter
WhatsApp

 

މިދިޔަ ހުކުރު ދުވަހު އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރީއަށް ނިމެންދެން ބަންދުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެދަށުން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކުރީ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ.

އައްޑޫ ސިޓީ ފުލެޓް ސަރަހައްދުގައި މިދިޔަ ހުކުރު ދުވަހު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި  29 އަހަރުގެ މިހާ އައްޑޫ އިން ފަރުވާ ދިނުމަށްފަހު އިތުރުފަރުވާއަށް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. މި ހަމަލާގައި އެ ޒުވާނާގެ ކަރު ވަރަށްބޮޑަށް ޒަހަމްވެފައިވާ ކަމަށް ވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް