މަރުއްވަރީގައި އާންމުން ދިރިއުޅޭ ގޭގޭގައި ފަތުރުވެރިންކަން ތައާރަފްކުރަނީ

Loading

Facebook
Twitter
WhatsApp

 

 

މ. މަޑުއްވަރީގައި ހޯމް ސްޓޭ ޓްއަރިޒަމް ފެށުމަށް ތައްޔާރުވާން ފަށައިފިއެވެ.

ހޯމްސްޓޭ ޓުއަރިޒަމްއަކީ މީހުން ދިރިއުޅޭ ގޭގޭގައި ފަތުރުވެރިން އަގުދީގެން ހުންނަ ބައިތިއްބުމެވެ. ސަރުކާރުން އަލަށް ފެށުމަށް މަސައްކަތް ކުރަމުންދާ ހޯމްސްޓޭ ޓްއަރިޒަމް މަޑުއްވަރީގައި ފެށުމަށް ތައްޔާރުވަމުންދާއިރު މަޑުއްވަރީގައި އަންނަ އަހަރު 50 ކޮޓަރި ހޯމްސްޓޭއަށް ހާއްސަކޮށް ހުޅުވުމަށް އެރަށު ކައުންސިލުން އަނަންނީ މަސައްކަތް ކުރަމުންނެވެ.

ހޯމްސްޓޭ ޓުއަރިޒަމް ތައާރަފްކުރުމަށް މަޑުއްވަރީ ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެކަންސިލުން ވަނީ ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުއްލާ މައުސޫމާއި ވެސް ބައްދަލުކޮށްފައެވެ.

މަޑުއްވަރީ ކައުންސިލުން ބުނީ މި ބައްދަލުވުމުގައި އެރަށުގައި ހޯމް ސްޓޭ ޓުއަރިޒަމް ތައާރަފް ކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ.

މިހާރު އެއް ގެސްޓްހައުން ހުންނަ މަޑުއްވަރީގައި ހޯމް ސްޓޭ ތައާރަފްކުރުމުން ރައްޔިތުންނަށް އޭގެއިން ބޮޑު ފައިދާ އެއް ވާނެކަމަށް ކައުންސިލުން ގަބޫލުކުރެއެވެ.
މަޑުއްވަރީގައި ހޯމް ސްޓޭ ތައާރަފްކުރުމަށް މަސައްކަތް ކުރަމުން އަންނަ އިރު އެއަތޮޅު ދިއްގަރުވެސް ހޯމްސްޓޭ ޓުއަރިޒަމް ތައާރަފްކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް