ބޯ ފެނަށް ޖެހޭ ރަށްރަށަށް ފެން ފޯރު ކޮށްދޭނެ ބަޔަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

 

ހޫނުމޫސުމުގައި ބޯފެނަށް ޖެހޭ ރަށްރަށަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތް އެންވަޔަރަންމަންޓްން މިނިސްޓްރީން ފަށައިފިއެވެ.

ބޯފެން ފޯރުކޮށްދޭނެ ބަޔަކު ހޯދުމަށް އެ މިނިސްޓްރީން އިއުލާނެއް ކޮށްފައިވާއިރު ފެންފޯރުކޮށްދިނުމަށް ރާއްޖޭގެ ރަށްތަށް ވަކި ވާނެ ހެން ލޮޓް ތަކަށް ވަނީ ބަހާލާފައެވެ.

ލޮޓް ތަކަށް ބަހާފައިވާ ގޮތް :

ލޮޓް 1: ހއ.އުލިގަން، ހއ.މުޅަދޫ، ހއ.ކެލާ، ހއ.ވަށަފަރު، ހއ.ފިއްލަދޫ، ހއ.މާރަންދޫ، ހއ.ތަކަންދޫ، ހއ.އުތީމް، ހއ.މުރައިދޫ، ހއ.ބާރަށް، ހދ.ފިނޭ، ހދ.ނާވައިދޫ، ހދ.ހިރިމަރަދޫ، ހދ.ނޮޅިވަރަންފަރު، ހދ.ކުރިނބި، ހދ.ނޭކުރެންދޫ، ށ.ކަނޑިތީމް، ށ.ނޫމަރާ، ށ.ގޮއިދޫ، ށ.ފޭދޫ، ށ.ފީވަށް، ށ.ބިލެއްފަހި، ށ.ފޯކައިދޫ، ށ.ނަރުދޫ، ށ.މަރޮށި، ށ.ޅައިމަގު، ށ.ކޮމަންޑޫ، ށ.މާއުނގޫދޫ އަދި ށ.ފުނަދޫ

ލޮޓް 2: ނ.ހެނބަދޫ، ނ.ކެނދިކުޅުދޫ، ނ.މާޅެންދޫ، ނ.ކުޑަފަރީ، ނ.ލަންދޫ، ނ.ޅޮހި، ނ.މިލަދޫ، ނ.މަގޫދޫ، ނ.މަނަދޫ، ނ.ފޮއްދޫ، ރ.އަލިފުށި، ރ.ވާދޫ، ރ.ރަސްގެތީމް، ރ.އަނގޮޅިތީމް، ރ.ރަސްމާދޫ، ރ.އިންނަމާދޫ، ރ.މަޑުއްވަރީ، ރ.ފައިނު، ރ.ކިނޮޅަސް، ބ.ކުޑަރިކިލު، ބ.ކަމަދޫ، ބ.ކިހާދޫ، ބ.ދޮންފަނު، ބ.ދަރަވަންދޫ، ބ.މާޅޮސް، ބ.ހިތާދޫ، ބ.ފުޅަދޫ، ބ.ފެހެންދޫ، ބ.ގޮއިދޫ، ޅ.ނައިފަރު، ޅ.ކުރެންދޫ އަދި ޅ.އޮޅުވެލިފުށި

ލޮޓް 3: ކ.ކާށިދޫ، ކ.ގާފަރު، ކ.ތުލުސްދޫ، ކ.ހިންމަފުށި، ކ.ގުޅި، އއ.ރަސްދޫ، އއ.މަތިވެރި، އއ.ބޮޑުފުޅަދޫ، އއ.ފެރިދޫ، އއ.މާޅޮސް، އއ.ހިމަންދޫ، އދ.ހަންޏާމީދޫ، އދ.އޮމަދޫ، އދ.ކުނބުރުދޫ، އދ.މަންދޫ، އދ.ދަނގެތި، އދ.ދިގުރަށް، އދ.ފެންފުށި، އދ.ދިއްދޫ، ވ.ފުލިދޫ، ވ.ތިނަދޫ، ވ.ފެލިދޫ، ވ.ކެޔޮދޫ އަދި ވ.ރަކީދޫ

ލޮޓް 4: މ.ރަތްމަންދޫ، މ.ވޭވަށް، މ.މުލި، މ.ނާލާފުށި، މ.ކޮޅުފުށި، މ.މަޑުއްވަރީ، ފ.ފީއަލި، ފ.ބިލެތްދޫ، ފ.މަގޫދޫ، ފ.ދަރަނބޫދޫ، ފ.ނިލަންދޫ، ދ.މީދޫ، ދ.ބަޑިނދޫ، ދ.ރިނބުދޫ، ދ.ހުޅުދެލި، ދ.މާއެނބޫދޫ، ތ.ބުރުނި، ތ.މަޑިފުށި، ތ.ދިޔަމިނގިލި، ތ.ކަނޑޫދޫ، ތ.ވަންދޫ، ތ.ހިރިލަންދޫ، ތ.ގާދިއްފުށި، ތ.ވޭމަންޑޫ، ތ.ކިނބިދޫ، ތ.އޮމަދޫ، ލ.އިސްދޫ، ލ.ދަނބިދޫ، ލ.މާބައިދޫ، ލ.މުންޑޫ، ލ.މާވަށް، ލ.މާމެންދޫ، ލ.ހިތަދޫ، ލ.ކުނަހަންދޫ އަދި ލ.ކަލައިދޫ

ލޮޓް 5: ގއ.މާމެންދޫ، ގއ.ނިލަންދޫ، ގއ.ދާންދޫ، ގއ.ދެއްވަދޫ، ގއ.ކޮނޑޭ، ގއ.ގެމަނަފުށި، ގއ.ކަނޑުހުޅުދޫ، ގއ.ވިލިނގިލި، ގދ.މަޑަވެލި، ގދ.ހޯޑެއްދޫ، ގދ.ނަޑެއްލާ، ގދ.ރަތަފަންދޫ، ގދ.ވާދޫ، ގދ.ފިޔޯރީ އަދި ގދ.ފަރެސްމާތޮޑާ

އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ މި ލޮޓްތަކަށް ޝައުގުވެރުވާ ފަރާތްތަކުން ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ހުށަހެޅުމަށް ހުޅުވާލާފައެވެ. އެ މިނިސްޓްރީން ބުނީ ބީލަން ހުށަހަޅާއިރު ލޮޓްތަކަށް ބީލަން ހުށަހަޅަންވާނީ ވަކިވަކިންކަމަށެވެ. އަދި އެއް ފަރާތަކުން ހުރިހާ ލޮޓްތަކަށްވެސް ބީލަން ހުށަހެޅިދާނެ ކަމަށާ ނަމަވެސް ކޮންމެ ލޮޓަކަށް ވަކި އުޅަނދެއް އޮންނަންވާނެ ކަމަށް ވެސް އެމިނސްޓްރީން ބުނެއެވެ.

ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އެންވަޔަރަމެންޓް މިނިސްޓްރީގައި ރެޖިސްޓާ ކުރަންޖެހެއެވެ.  އެ މިނިސްޓްރީން ބުނީ ރެޖިސްޓްރޭޝަން މި މަހު 20 ވާ ހޯމަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ބޯފެން ފޯރުކޮށްދިނުމުގެ މި މަޝްރޫޢުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 5000 ރުފިޔާ ހުށަހަޅަން ޖެހެއެވެ.  ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 118 ދުވަހެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ ބީލަމަށް ހުށަހެޅޭނީ 21 ވާ އަންގާރަ ދުވަހު 11:00ގެ ކުރިން ކަމަށެވެ.

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް