”ހުޅުމާލެ ޕޮލިސް ފޯރަމް 2026“ ފަށައިފި

“ހުޅުމާލެ ޕޮލިސް ފޯރަމް 2026” ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް އެމް.ޑަބްލިއު.އެސް.ސީ އޮޑިޓޯރިއަމްގައި ކުރިއަށް ގެންދާ މި ފޯރަމަކީ ހުޅުމާލެ ޕޮލިހުން 2027 ވަނަ އަހަރަށް ކަނޑައަޅާ އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށް އަމާޒުކޮށްގެން ބާއްވާ ފޯރަމެއް ކަމަށެވެ.
މި ފޯރަމްގެ ޝަރަފުވެރި މެހުމާނަކީ ނޮދަން ޕޮލިސް ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝަމީމެވެ. މި ފޯރަމްގައި، ހުޅުމާލެ ޕޮލިސް ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲއާއި، ހާއްސަ ދައުވަތު އެރުވިގެން ބައެއް ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި، ހުޅުމާލެ ޕޮލިސްގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި މުވައްޒަފުންވެސް ބައިވެރިވެލައްވައެވެ.
މި ފޯރަމްގައި ވާހަކަފުޅު ދައްކަމަވުމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ ވިދާޅުވީ، ކުރިއަށް އޮތް 2027 ވަނަ އަހަރަށް ހުޅުމާލެ ޕޮލިސްގެ އެކްޓިވިޓީ ކަލަންޑަރު އެކުލަވައިލުމާ އެކު ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައެޅުމަށް މި ފޯރަމަކީ މަސައްކަތްތަކާ މެދު ފުންކޮށް ވިސްނައި، ކުރިމަތިވާ ގޮންޖެހުންތައް ވަޒަންކޮށް، ކުރިއަށް މި އޮތް އަހަރު ފުލުހުންގެ ޚިދުމަތް ހަރުދަނާކުރެވޭނެ ގޮތްތައް ދެނެގަތުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށެވެ. އަދި ކޮންމެ ޑިޕާޓްމަންޓަކާ ޔުނިޓަކުން ވެސް އިސްކަންދޭންވީ ކަންކަމާއި ޒިންމާތަކާ އަދި ހުޅުމާލެ ޕޮލިސްގެ ޖުމުލަ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އަދާކުރަންޖެހޭ ދައުރު ސާފުކޮށް ބަޔާންކޮށްދިނުމަކީ މި ފޯރަމްގެ މުހިންމު ބޭނުމެއްކަމަށާ އަދި 2027 ވަނަ އަހަރަށް ހުޅުމާލެ ޕޮލިސްގެ މަސައްކަތްތައް އެކުލަވައިލަންވާނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން އަންނަ އަހަރުގެ ހުޅުމާލޭގެ އެކްޓިވިޓީ ކަލަންޑަރު އެކުލެވިގެން ދާންވާނީ އޮޕަރޭޝަނަލް ޕޮއިންޓް އޮފް ވިއުއިން މި އުސޫލުތައް ފެންނަން އޮންނާނެހެން އަދި ނަތީޖާ ނެރެވޭނެ ފަދަ އިންތިޒާމެއްގެ ތެރެއިން ކަމަށް ވިދާޅުވިއެވެ. އަދި އެކްޓިވިޓީ ކަލަންޑަރު ތައްޔާރުކުރާއިރު، މުވައްޒަފުންގެ ގާބިލުކަމާއި ވަސީލަތްތަކާއި ނަތީޖާ ނެރެވޭނެ ފަދަ ކަންކަމާ އަދި މުޖުތަމައުގެ ބައިވެރިވުމާއި ކުންމަދުކުރުމާއި، އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ހުޅުމާލޭގެ ރައްޔިތުންނާ މުއައްސަސާތަކާއި ޖަމުއިއްޔާތަކުގެ ބައިވެރިވުން އިތުރުކުރެވޭނެ ހަރަކާތްތައް ހިމަނަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
މޮނިޓަރިން އަދި އިވެލުއޭޝަން ކަރަންޑަރުގައި ހިމެނޭ ކޮންމެ ކަމެއް، ހިނގާނުހިނގާ ގޮތް ބެލުމާއި ލިބޭ ނަތީޖާ ވަޒަންކުރުމުގެ ސާފު ނިޒާމެއް އޮންނަންޖެހޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
![]()




Comments are reviewed before publication. You can write in English or Dhivehi.