Skip to content
ޚަބަރު

ބީއެމްއެލްގެ އެހީގައި ދިއްގަރުގައި ހިންގި ”ސަސްޓެއިނަބަލް އަރބަން ފާމިން“ މަޝްރޫޢު ނިންމާލައިފި

މަރްޔަމް މަލާކްމަރްޔަމް މަލާކް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޭންކް ފަންޑުގެ އެހީގައި، މ. ދިއްގަރުގައި ކުރިއަށްގެންދިޔަ ”ސަސްޓެއިނަބަލް އަރބަން ފާމިންގ ކޯޕަރޭޝަން މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލައިފިކަމަށް އެ ބޭންކުން ބުނެފިއެވެ.


ބީއެމްއެލް އިން ބުނީ އެ ބޭންކުން ފޯރުކޮށްދިން 200,000 (ދެލައްކަ) ރުފިޔާގެ މާލީ އެހީތެރިކަމާއެކު ”ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުން“ ޖަމިއްޔާއިން ހިންގި މި މަޝްރޫޢަކީ، ހައިޑްރޯޕޯނިކްސް އަދި ވާޓިކަލް ފާމިންގ ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދުން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ މަޝްރޫޢެއް ކަމަށެވެ.
މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ރަށުގައި އުފައްދާ ތާޒާ މޭވާއާއި ތަރުކާރީ ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، މުޖުތަމަޢަށް ދަނޑުވެރިކަމުގެ ޢަމަލީ ތަޖުރިބާއާއި މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، އިޤްތިޞާދީ އައު ފުރުޞަތުތައް ފަހިކޮށްދިނުމެވެ.
ބީއެމްއެލްގެ ”ބޭންކް ފަންޑު“ ގެ ދަށުން އެ ބޭންކުން ދަނީ ރާއްޖޭގެ ރަށްރަށުގެ ދެމެހެއްޓެނިވި ތަރައްޤީއަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، މުޖުތަމަޢު ބާރުވެރިކުރުވުމަށް އެހީތެރިވެދޭ މިފަދަ މުހިންމު މަޝްރޫޢުތަކަށް މެދުކެނޑުމެއްނެތި އެއްބާރުލުން ދެމުންނެވެ.

Loading

Comments are reviewed before publication. You can write in English or Dhivehi.

Leave a Reply