Skip to content
ޚަބަރު

އަސްކޮއި ގުރޫޕުން ފައިސާ ނެގުމަށް ފަހު އުމްރާއަށް ނުގެންދިޔަ މައްސަލައިގައި ދައުވާކުރަން ފޮނުވައިފި

މަރްޔަމް މަލާކްމަރްޔަމް މަލާކް

އަސްކޮއެ ޓްރެވަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި އުމްރާއަށް ދިއުމަށް ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަޙުޤީޤު ނިންމަައި، އެ މައްސަލައިގައި އަސްކޮއެ ޓްރެވަލް ސަރވިސަސް އަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ޖުލައި 16 ވަނަ ދުވަހު ހުށައަޅާފައިވާ އެ މައްސަލައާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މި މަހުގެ 18 ވަނަ ދުވަހު ފޮނުވާފައިވާ ކަމަށެވެ.

އަސްކޮއެ ޓްރެވަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި އުމްރާއަށް ދިއުމަށް 109 މީހަކު ފައިސާ ދައްކާފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. އަދި އެ ފައިސާއަށް އަސްކޮއެ ޓްރެވަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ހިޔާނާތްތެރިވެފައިވާކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

Loading

Comments are reviewed before publication. You can write in English or Dhivehi.

Leave a Reply