ގަވާއިދާ ހިލާފަށް ރާއްޖެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުންދިޔަ ބޯޓްތަކެއް އަތުލައިގެންފި

Loading

Facebook
Twitter
WhatsApp

 

ގަވާއިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ދެ މަސްބޯޓުތަކެއް ރާއްޖެ ސިފައިން އަތުލައިގެންފި އެވެ.

އެމްއެންޑީއެފްން  ބުނީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ދެ ބޯޓެއް ހުއްޓުވައި ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮފައިވާ ކަމަށެވެ.

އޭގެތެރެއިން އެއް ބޯޓު އަތުލައިގެންފައި ވަނީ މި މަހުގެ 11 ވަނަ ދުވަހު އެވެ. ދެވަނަ ބޯޓު އަތުލައިގެންފައި ވަނީ 13 ވަނަ ދުވަހުގެ ރޭ ކަމަށް ވެސް ސިފައިން ބުންނެވެ.

މިއޮޕަރޭޝަން ހިންގުމުގައި ރާއްޖޭގެ މަސްދޯއްޏެއް ކަމަށްވާ އަސުރުމާ-3 ދޯނިން އެމްއެންޑީއެފް އަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި ބޯޓުތައް ނިސްބަތްވާ ގައުމެއް އެމްއެންޑީއެފްން އަދި ހާމައެއް ނުކުރެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް