ނަފްސާނީ ދުޅަހެޔޮ ކަމުގެ ދާއިރާއިން ސްކޮލާޝިޕްތަކެއް

Loading

Facebook
Twitter
WhatsApp
puzzle jigsaw heart on brain, mental health concept, world autism awareness day

 

ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި ދާއިރާތަކުން ސްކޮލަރޝިޕްތަކަށް ކުރިމަތި ލުމުގެ ފުރުސަތުހަޔާ އެޑިއުކޭޝަނުން ހުޅުވާލައިފިއެވެ.

 

ހުރިހާ ހަރަދެއް ސަރުކާރުން ކުރާގޮތަށް ހަމަޖައްސާފައިވާ މި ސްކޮލާޝިޕް ތަކަށް ހުޅުވާލާފައިވަނީ  46 ފަރާތަކަށެވެ.

ކިޔެވުމަށް ހުޅުވާލާފައިވާ ކޯސްތަކާއި އެކޯސްތަކަ ދިނުމަށް ހަމަޖައްސާފައިވާ މުވައްސަސާތައް

އައިޖީއެމްއެޗް

މާސްޓާސް އިން ނާސިން (ސައިކިއޭޓްރިކް ނާސިން/މެންޓަލް ހެލްތު ނާސިން) – 4 ފުރުސަތު
މާސްޓާސް އިން ކްލަނިކަލް ސައިކޮލޮޖީ – 2 ފުރުސަތު
މާސްޓާސް އިން ކައުންސެލިން/ސައިކޯތެރަޕީ – 2 ފުރުސަތު
މާސްޓާސް  އިން ސައިކިއޭޓްރީ – 2 ފުރުސަތު

 

މިނިސްޓްރީ އޮފް ހެލްތު

މާސްޓާސް  އިން އެޑިކްޝަން ސްޓަޑީޒް/އެޑިކްޝަން މެނޭޖްމަންޓް – 5 ފުރުސަތު
މާސްޓާސް  އިން ނާސިން – 5 ފުރުސަތު
މާސްޓާސް  އިން ކްލިނިކަލް ސައިކޮލޮޖީ – 6 ފުރުސަތު
މާސްޓާސް  އިން ކައުންސެލިން – 7 ފުރުސަތު

 

މިނިސްޓްރީ އޮފް ޖެންޑާ ފެމެލީ އެންޑް ސޯޝަލް ސަރވިސަސް

މާސްޓާސް  އިން ނާސިން (ސައިކިއޭޓްރިކް ނާސިން/މެންޓަލް ހެލްތު ނާސިން) – 2 ފުރުސަތު
މާސްޓާސް  އިން ކްލިނިކަލް ސައިކޮލޮޖީ – 2 ފުރުސަތު
މާސްޓާސް  އިން ކައުންސެލިން/ސައިކޯތެރަޕީ – 1 ފުރުސަތު

 

މިނިސްޓްރީ އޮފް އެޑިއުކޭޝަން

މާސްޓާސް އިން ލާނިން ޑިސްއެބިލިޓީސް – 8 ފުރުސަތު

ސްކޮލާޝިޕަށް އެދި ހުށަހަޅާ ފަރާތަކީ ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާސިލު ކޮށްފައިވާ އަދި ގައުމީ ސަނަދުތަކުގެ އޮނިގަނޑު ގައިވާ މާސްޓާސް ފެންވަރުގެ ކޯހެއްގައި ބައިވެރިވުމުގެ ޝަރުތު ފުރިހަމަވާ މީހަކަށް ވާނެ ޖެހެ އެވެ.

މި ސްކޮލާޝިޕް ފުރިހަމަ ކުރާ ދަރިވަރު ދައުލަތުގެ މުއައްސަސާއަކުން ކަނޑައަޅާ ތަނެއްގައި ހިދުމަތް ކުރަން ޖެހެއެވެ.

އަދި ސްކޮލާޝިޕެއް ފުރިހަމަކުރާ ދަރިވަރަކު ނަގާ މުއައްސަސާއިން ކަނޑައަޅާ ތަނެއްގައި ވަކި މުއްދަތަކަށް ހިދުމަތް ކުރަން ބޮންޑް ކުރާނެ އެވެ.

 

ނޭޝަނަލް ސްކިލް ޑިވެލޮޕްމަންޓް މާސްޓާ ޕްލޭން އިފްތިތާހު ކުރުމުގެ ބޭއްވި ރަސްމިއްޔާތުގައި ވާހަފުޅު ދައްކަވަމުން  ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ މެންޓަލް ހެލްތު ދާއިރާއިން މީހުން ބިނާކުރުކުރުމުގެ ގޮތުން ސްކޮލާޝިޕްތަކެއް އިއުލާން ކުރައްވާނެކަން އިއުލާން ކުރައްވާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް