ކަޅުދިޔަފުށި ވިއްކާލަން އަނެއްކާވެސް އިއުލާން ކޮށްފި

Loading

Facebook
Twitter
WhatsApp

 

 

ކުރެޑިޓް ފެސިލިޓީއަކަށް ފައިސާ ނުދައްކައިގެން ތ. ކަޅުދިޔަފުށި ވިއްކާލުމަށް އަނެއްކާ އިއުލާން ކޮށްފި އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ވަނީ ކަޅުދިޔަފުށި ވިއްކާލުމުގެ ގޮތުން އެރަށް ގަންނަން ބޭނުންވާ ފަރާތްތަކުން ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ބީއެމްއެލްއިން ކޮށްފައިވާ އިއުލާނުގައިވާގިތުން މި ރަށަށް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު 10 ވަނަ ދުވަހުގެ ކުރިން ބިޑް ހުށަހަޅަންޖެހެއެވެ.

އަދި ބިޑް ހުށަހަޅާ ބިޑް ކާމިޔާބު ކުރާ ފަރާތަކުން ބިޑް ޑިޕޮސިޓްގެ ގޮތުގައި ބޭންކަށް އެއް ލައްކަ ޑޮލަރު ދޭންޖެހޭނެ ކަމަށް ވެސް ބޭންކުން ބުނެއެވެ.

ތ. ގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކުގެ ހިއްސާ އޮންނަ ”ހުރަވީ އިންޓަނޭޝަނަލް“އަށް ދޫކޮށްފައިވާ އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން ދިޔައީ ސްޕެއިންގެ ބައިނަލްއަގުވާމީ ހޮޓެލް ޗެއިން ”މެލިއާ ހޮޓެލްސް“އާ ގުޅިގެންނެވެ.

ހުރަވީ އިންވެސްޓްމެންޓުނ ކްރެޑިޓް ފެސިލިޓީ ބީއެމްއެލުން ނަގާފައި ވަނީ 2016 ވަނަ އަހަރު އެވެ.

އެ ފައިސާ ނުދައްކައިގެން ބީއެމްއެލަށް އެ ރަށް ނަގާފައި ވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ސިވިލް ކޯޓުން ކުރި ހުކުމާއި ގުޅިގެނެވެ.

އެހަރުގެ ސެޕްޓެމްބަރު މަހު ވެސް ބީއެމްއެލުން ވަނީ ރަށް ވިއްކާލަން އިއުލާނު ކޮށްފަ އެވެ. އެރަށް ވިއްކާލުމަށް ބީއެމްއެލް އިން ނިންމާފައި ވަނީ 29.5 މިލިއަން ޑޮލަރު (454.9 މިލިއަން ރުފިޔާ) އަށެވެ.

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް