މާލޭގައި ވައި ނުސާފްވާ މިންވަރު ބެލޭނެ ނިޒާމެއް ގާއިމު ކޮށްފި

Loading

Facebook
Twitter
WhatsApp

މާލޭގައި ވައި ނުސާފްވާ މިންވަރު ދެނެގަނެވޭނެ ނިޒާމެއް އެންވަޔަރަމަންޓް މިނިސްޓްރީން ގާއިމްކޮށްފި އެވެ.

އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ނިޒާމުން ކޮންމެ މީހަކަށްވެސް މާލެސިޓީގައި ވައި ނުސާފްވާ މިންވަރު ދެނެގަނެވޭނެކަމަށެވެ.

ބައިނަލްއަގުވާމީ ”ކްލީން އެޔާ ޑޭ ފޯ ބްލޫ ސްކައިސް“ ފާހަގަ ކުރވައި ކުރެއްވި ޓްވީޓެއްގައި އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ މާލޭގައި ވައިގެ ކޮލިޓީ ދެނެގަނެވޭނެ ނިޒާމެއް ގާއިމް ކުރެވިފައިވާ ކަމަށާ މާލޭ ނޫން ސަރަހައްދު ތަކުގައި ވެސް މި ނިޒާމް ގާއިމްކުރާނެ ކަމަށެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ މިނިސްޓްރީން ތައާރަފްކުރި ”އެއާ ވިޝުއަލް“ އެޕް މެދުވެރިކޮށް ވައިގެ ކޮލިޓީ ކޮންމެ މީހަކަށްވެސް ބެލޭނެކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް