އިންފޮމޭޝަން ކޮމިޝަނަރަކަށް އާހިދު އައްޔަންކުރައްވައިފި

Loading

Facebook
Twitter
WhatsApp

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ހ.ގުރުވަ އަލްއުސްތާޒު އަހްމަދު އާހިދު ރަޝީދު މިއަދު އައްޔަނުކުރައްވައިފިއެވެ.

މި މަޤާމަށް އާހިދު ރަޝީދު އައްޔަނުކުރައްވާފައިވަނީ މިއަދު ހެނދުނު މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އާހިދު ރަޝީދު އެންމެ ފަހުން ފުރުއްވާފައި ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގަވަރނަންސް މެނޭޖަރުގެ މަގާމެވެ.

އހިދު ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއާ ލީގަލް އެޑވައިޒަރގެ މަގާމާއި، ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަގާމުވެސް ފުރުއްވާފައެވެ. މީގެ އިތުރުންވެސް އެންޓި ކޮރަޕްޝަން ބޯޑުގެ ލީގަލް އޮފިސަރގެ މަގާމާއި، މޯލްޑިވްސް ވޮލަންޓިއަރސް ކޯޕްސްގެ ސީއީއޯގެ މަގާމު ވެސް އާހިދު ވަނީ ފުރުއްވާފައެވެ.

އާހިދަކީ އިނގިރޭސިވިލާތުގެ ސްޓެފޯޑްޝަޔަރ ޔުނިވަރސިޓީއިން ބެޗެލާ އޮފް ލޯ ވިޗް އޮނާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާ ބެހޭ އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ހާދިމެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް