ހުރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަން އޮކްޓޯބަރުގައި

Loading

Facebook
Twitter
WhatsApp

 

ކ.ހުރާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާކޮމެޓީގެ މެމްބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން އެމަގާމަށް މެމްބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އޮކްޓޯބަރުގައި ބާއްވަން އިލެކްޝަން ކޮމިޝަ( އީސީ)ން އިން ނިންމައިފިއެވެ.

އީސީން ބުނީ ހުރާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ މެންބަރުކަމަށް އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން، އޮކްޓޯބަރު މަހުގެ 16ވަނަ ދުވަހު ބޭއްވުމަށް  އެކޮމިޝަނުން ނިންމާފައިވާކަމަށެވެ.

އީސީން ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިހާބު ކުރަންޖެހޭ މަގާމުތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް މިމަހުގެ 29ވަނަ ދުވަހުން ފެށިގެން، ސެޕްޓެންބަރު 13ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ހުރާ ކައުންސިލްގެ އަންހެނުންގެ ކޮމިޓީގެ މެމްބަރަކު އިސްތިއުފާ ދިނުމުން އިންތިހާބު ބާއްވާއިރު، އޮކްޓޯބަރު މަހުގެ 16ވަނަ ދުވަހު އިތުރު ހަތަރު ރަށެއްގައި އިންތިހާބު ބޭއްވުމަށްވެސް އީސީން ވަނީ އިއުލާން ކޮށްފައެވެ. އެދުވަހު އިންތިހާބު  ބޭއްވުމަށް ހަމަޖެހިފައިވާ އިތުރު ރަށްތަކަކީ ހދ.ނޭކުރެންދޫއާއި، ރ.މަޑުއްވަރީ، ނ.ކެނދިކުޅުދޫ އާއި ނ.މަގޫދޫ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް