ނަޝީދަށް ދިން ހަމަލާ އާ ގުޅިގެން ހައްޔަރުކުރި ދެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

Loading

Facebook
Twitter
WhatsApp

 

މަޖިލީހުގެ ރައީސް، ރައީސްމުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން ހައްޔަރުކުރި ދެ މީހެއްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން  އިތުރުކޮށްފިއެވެ.

ކޯޓުން ބަންދުގެ މުއްދަތު އިތރުކުރީ މެއި ހައެއްގައި ނަޝީދަށް ދިން ހަމލާއާ ގުޅިގެން ހައްޔަރުކުރި އިސްހާގު އާއި ފަހުމީ އަލީގެ ބަންދުގެ މުއްދަތުއެވެ.

މި ދެމީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ޖުލައި މަހުގެ ފަހުކޮޅު ކްރިމިނިލް ކޯޓުން ވަނީ 30 ދުވަސް ޖަހައި ދީފައެވެ. އެ ދެމީހުންގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ 14 ދުވަސް ޖަހައިފައެވެ. މި މުއްދަތު ޖެހީ އެމީހުން ބަންދުގައި ބައިތިއްބާ މުއްދަތު ހަމަވުމާއި ގުޅިގެންނެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި އިސްހާގަކީ ހަމަލާ ރާވައި ހިންގުމުގައި އިސް ދައުރެއް އަދާކުރި މީހެކެވެ. އަދި އޭނާއަކީ ބޮން ގޮއްވައިލި ކަމަށް ތުހުމަތުކުރާ އަދުހަމް އަހުމަދު ރަޝީދު ތައްޔާރުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކުކަމަށް  ވެސް އފުލުހުން ވަނީ ބުނެފައެވެ.

ފަހުމީއަލީއަކީ އަކީ ވެސް ނަޝީދަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމލާގައި އިސްދައުރެއް އަދާކޮށްފައިވާ މީހެއްކަމަށް ފުލުހުން ތުހުމަތުކުރާ އެކެކެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ދައުވާ ކުރަން ފޮނުވާފައިވަނީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު ރަޝީދު (25) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32) އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27) އެވެ. މިމައްސަލާގައި ލ. ގަން، ދުންފިނިއުފާ އަހްމަދު ފާތިހުގެ މައްޗަށް ވެސް ދައުވާ ކުރަން ފުލުހުން ޕީޖީ އޮފީހަށް މައްސަލަ ފޮނުވި އެވެ. ނަމަވެސް ފާތިހަށް ދައުވާ ނުކުރުމުން ފުލުހުން މިހާރު ވަނީ އޭނާ ދޫކޮށްލާފަ އެވެ.

އަދުހަމަކީ ހަމަލާ ދިނުމަށްޓަކައި އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލި ކަމަށް ތުހުމަތުކުރެވޭ މީހާ އެވެ. މި ހަމަލާ ދީފައިވަނީ ސައިކަލެއްގައި ބޮން ހަރުކޮށްގެން ކަމަށްވާއިރު ތަހުމީނަކީ ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލްގެ ވެރި ފަރާތްކމަށް ތުހުމަތުކުރެވޭ މީހާއެވ. އޭނާ ވަނީ ސައިކަލްގައި ބޮން ހަރުކުރުމަށްވެސް އެހީތެރިވެ ދީފައި ކަމަށް ފުލުހުން ބުނެއެވެ. އަދި  މުޖާޒަކީ ހަމަލާގެ ފަހުން އަދުހަމްގެ ހެދުން ބަދަލުކޮށް ފިލައިގެން މާލޭގައި އުޅުމަށް އެހީތެރިވެދިން މީހެކެވެ. އަލީ ހައިޝަމަކީ ސައިކަލްގައި ބޮން ހަރުކުރަން އަމަލީގޮތުން ބައިވެރިވެ ހަމަލާ ދިނުމަށް އިސްކޮށް އެކަކަކަމަށް ތުހުމަތުކުރެވޭ މީހެކެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް