ޕާކިން ސްލޮޓްތައް ގަރާޖްގެ ގޮތުގައި ރަޖިސްކުރެވޭގޮތް ހަދައިފި

Loading

Facebook
Twitter
WhatsApp

 

މާލޭ ސިޓީ ކައުންސިލުންދޭ ޕާކިން ސްލޮޓްތައް ވެހިކަލް ގަރާޖުގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށް މާލެ ސިޓީ  މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު މުއިއްޒު ވިދާޅުވީ ކައުންސިލާއި އެކު އެއްބަސްވުމެއް ހަދައިގެން ޕާކިން ސްލޮޓްތައް ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މިއަދުގެ ނިޔަލަށް ރާއްޖެ އެތެރެކޮށްފައިވާ ވެހިކަލްތަކަށް ގަރާޖު ސްލޮޓްގެ ގޮތުގައި ޕާކިން ސްލޮޓްތައް މާލޭގެ އެކި ހިސާބުތަކުން ގަނެވޭނެ ކަމަށެވެ.

ގަރާޖުގެ ގޮތުގައި ސިޓީ ކައުންސިލުން ސްލޮޓް ވިއްކަން ހަމަޖައްސާފައިވަނީ 25،000 ރުފިޔާ އަށެވެ. މުއިއްޒު ވިދާޅުވީ މިހާރު ހަތަރު ފުރޮޅުލީ ވެހިކަލް އެތެރެ ކުރުމަށް ގަރާޖު ސިޓީ ހޯދަނީ 80،000 ވަރަކަށް ރުފިޔާ ގޭގޭއަށް ދައްކައިގެން ގަރާޖު ސިޓީ ހޯދައިގެން ކަމަށެވެ. އެގޮތަށް ސިޓީ ހޯދިޔަސް ވެހިކަލް ޕާކް ކުރާނެ ތަނެއް ނޯންނަ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
އެއްވެސް މަޝްރޫއަކާއި ހުރެ އެތަން ނަގަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެހެން ތަނަކުން ސްލޮޓް ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

”އަޅުގަނޑުމެން ކުއްޔަށް މި ދޫކުރާ ސްލޮޓަކީ އެ ފަރާތަކަށް އަބަދުވެސް އޮންނާނެ ސްލޮޓެއް. އެ ވެހިކަލްގެ އުމުރު ހަމަވަންދެއް އެ ސްލޮޓެއްގެ ޔަގީންކަން އަޅުގަނޑު ދެން،“ މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ގަރާޖުގެ ގޮތުގައި ޕާކިން ސްލޮޓް ދޫކުރުމަށްޓަކައި މާލޭގައި ހުރި 20 ފޫޓަށް ވުރެ ފުޅާ މަގުތަކުން ޖާގަ ނަގާނެކަކަމަށެވެ.   އަދި މި ސްލޮޓްތައް ކަނޑައަޅައި އެތަންތަން ކުރެހުމަށްފަހު ސްލޮޓްތައް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާނެކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ބޭނުން ނުވާ ފަރާތްތަކަށް ވެސް ޕާކިން ސްލޮޓްތަކަށް އެދުމުގެ ފުރުސަތު ވަނީ ދީފައެވެ. މި ފުރުސަތަށް އެދެވޭނީ މިއަދުގެ ނިޔަލަށް ރާއްޖެއަށް އެތެރެކުރެވިފައިވާ ވެހިކަލް ތަކަށް އެކަންޏެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް