ކުނިނެގުމާ ގުޅޭގޮތުން ވެމްކޯއިން ނެރުނު ބަޔާން މޭޔަރު ދޮގުކުރައްވައިފި

Loading

Facebook
Twitter
WhatsApp

 

 

މާލެ ސިޓީގެ ގޭގެއިން ނެރޭ ކުނި ބޭރުގައި ބެހެއްޓުމުގެ ބަދަލުގައި ގޭގެއިން ކުނި ނަގާގޮތަށް ނިންމާފައި ނުވާކަމަށް ބުނެ ވެމްކޯއިން ނެރުނު ބަޔާން މާލެސިޓީގެ މާޔަރު ޑރ. މުހައްމަދު މުއިއްޒު ދޮގުކުރައްވައިފިއެވެ.

 

ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގޭގެއިން ބޭރަށް ކުނި ނެރެން އެންގި އެންގުން ނިމުމަކަށް ގެނައުމަށް ނިންމާފައިވާ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު މީގެ ދެ ދުވަހެއް ކުރިން ވަނީ ވިދާޅުވެފައެވެ.

ތާޖުއްދީން ސްކޫލުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި މޭޔަރު މުއިއްޒު ވިދާޅުވީ ކުރިންވެސް އަމަލު ކުރަމުން އައި އުސޫލުން ގޭގެއަށް ވަދެ ކުނި ނަގަން ފަށަން ޖެހޭ ކަމަށެވެ.

އަދި މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުރިއެކޭ އެއްގޮތަށް ގޭގެއަށް ގޮސް ކުނި ނަގަން ފަށުމަށް ހަމަޖައްސާފައިވާކަމަށާ އެކަމާ ގުޅޭ ގޮތުން ވެމްކޯއާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

އެކަން ނޫސްތަކުން ރިޕޯޓް ކުރުމާއ ގުޅިގެން އިއްޔެ ވެމްކޯއިން ވަނީ ނޫސްބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ކޮވިޑާއި ގުޅިގެން މިދިޔަ އަހަރުގެ އޭޕްރީލް އިން ފެށިގެން މާލެ ސިޓީގެ ގޭބީސީ ތަކުން ކުނި ނެރުމުން ގެންދަނީ އެކަމަށް އުސޫލެއް ކަޑައަޅައި އެ އުސޫލެއް ދަށުން ކަމަށާ، ނޫސް މަޖައްލާތަކުގައި ދައުރުވަމުންދާ އެ ކޯޕަރޭޝަނުން ކުނި ނެގުމުގެ އުސޫލަށް ބަދަލު ގެނެވިފައި ނުވާކަމަށެވެ.

މިއާއެކު މޭޔަރު މުއިއްޒު މިއަދު ވަނީ ޓްވީޓް ކުރައްވާފައެވެ. މޭޔަރު ވިދާޅުވީ  ތެދު ނޫން ބަޔާންތައް ނެރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއް ކަމަށާ ކުނި ނެގުމުގެ ކަންކަން ބަދަލު ކުރުމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދު މަޝްވަރާ ކޮށްފައިވާނެ ކަމަށެވެ.

އަދި ހިތާމައަކީ ކައުންސިލާއި ވެމްކޯ އާއި ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މާލޭގެ ކުނި ނެގުމާއި މެނޭޖްކުރުން ކުރިޔަށް ނުގެންދާތީ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

“ ކޮންމެ މަހަކު ވެމްކޯ އަށް ކައުންސިލުން ކުރަންޖެހޭ ޚަރަދު. ހިތާމަޔަކީ، ކައުންސިލާއި ވެމްކޯ އާއި ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މާލޭގެ ކުނި ނެގުމާއި މެނޭޖްކުރުން ކުރިޔަށް ނުގެންދާކަން. މިކަމަކީ ސިޓީ ކައުންސިލުން އިސްލާޙުކުރުވަން މަސައްކަތް ކުރާނެކަމެއްކަން ދަންނަވަން“ މުއިއްޒު ކުރެއްވި ޓްވީޓްގައި ވެއެވެ.

މި ޓްވީޓާ އެކު މޭޔަރުވަނީ ވެމްކޯގެ ބިލުތަކަކާއި މާލެ ސިޓީއާއި ވެމްކޯއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ބައެއް ވެސް އާންމުކުރައްވާފައެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް