ޖޭޕީގެ ރައީސްގެ މަގާމުން އަލީ ވަހީދު ވަކިކުރަނީ

Loading

Facebook
Twitter
WhatsApp

 

 

ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކެއް ކުރެވޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖުމްހޫރީ ޕާޓީ( ޖޭޕީ)ގެ ރައީސްގެ މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަން ޕާޓީގެ ސުލޫކީ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

 

އަލީ ވަހީދު ޕާޓީގެ ރައީސް ކަމުން ވަކިކުރަން ސުލޫކީ ކޮމިޓީއަށް ފޮނުވަން ނިންމީ ރޭ ބޭއްވި ޖޭޕީގެ 142 ވަނަ ކައުންސިލު ބައްދަލުވުމުގައެވެ.  އެ ބައްދަލުވުމުގައި ގާސިމް އިބްރާހީމްވެސް ބައިވެރިވަޑައިގެންފައި ވެއެވެ.

އަލީ ވަހީދުގެ މައްސަލަ ސުލޫކީ ކޮމިޓީއަށް ފިނުވީ އޭނާ އަކީ ޖިނާއީ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ މީހަކަށް ވާތީއާއި އެފަދަ މީހަކު ޕާޓީގެ އިސް މަގާމެއްގައި ހުންނެވުމުގެ ކަންބޮޑުވުން ކައުންސިލްގެ މެމްބަރުން ފާޅުކުރަމުންދާތީ ކަމަށް ޖޭޕީން ބުނެއެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއް އުފުލާފައިވަނިކޮށް އޭނާ ވަނީ ބޭސްފަރުވާއަށްކަމަށް ބުނެ ކޯޓުގެ ހުއްދައާއެކު ރާއްޖެއިން ބޭރަށް ގޮސްފައެވެ.

ނަަމަވެސް ބޭސްފަރުވާއަށް ދިން މުއްދަތު ހަމަވީއިރުވެސް ރާއްޖެ ނާންނާތީ ޖިންސީ ގޯނާގެ ތުހުމަތުގެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ވަނީ އޮންލައިންކޮށް ކުރިއަށްގެންދަން ފަށާފައެވެ.

އެހެންނަމަވެސް އެފަދަ ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެކަމަށް ބުނެ ދައުލަތުން އެ މައްސަލަ ސްޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމާއި ގުޅިގެން ސްޕްރީމް ކޯޓަށް ހާޒިރުވުމަށް އޭނަށް އަމުރުކުރިއެވެ.

ނަމަވެސް އަލީވަހީދު  ކޯޓަށް ހާޒިރު ނުވެ ކޯޓުގެ ހުރުމަތް ކަނޑައިފައިވާތީ  އޭނާގެ މަށްޗަށް ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

އަދި ހުކުމް ތަންފީޒުކުރުމަށް އިންޓަޕޯލް މެދުވެރިކޮށް އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ފުލުހުން މިހާރު ވަނީ ފަށާފައެވެ.

 

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް