އެކައުންޓަށް ފައިސާ ލިބުނުކަން ޔަގީން ކުރުމަށްފަހު ނޫނީ މުދާ ދޫނުކުރުމަށް ފުލުހުން އެދެފި

Loading

Facebook
Twitter
WhatsApp

 

ފިހާރަތަކުން މުދާ ގަތުމަށްފަހު ފައިސާ ފޮނުވި ކަމުގެ ސްލިޕް ދެއްކިނަމަވެސް އެކަންޓަށް ފައިސާ ލިބުނުކަން ޔަގީން ކުރުމަށްފަހު ނޫނީ މުދާ ދޫނުކުރުމަށް ފުލުހުން އެދިއްޖެއެވެ.

ފަހަކަށް އައިސް ސައްހަ ނޫން ބެންކް ސްލިޕް ބޭނުންކޮށްގެން ފިހާރަތަކުން ވައްކަން ކުރުން ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ވިޔަފާރިވެރިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް އިއްޔެ  ފުލުހުން ވަނީ ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، މާލޭގެ އުތުރުފަރާތު ބަނދަރު ސަރަހައްދުގެ 147 ފިހާރައަކަށް ފުލުހުން ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން، ވިޔަފާރިތަކުން ކަސްޓަމަރުންނަށް މުދާ ވިއްކުމަށްފަހު އެކައުންޓަށް ފައިސާ ފޮނުވުމުގެ އުސޫލު ގެންގުޅޭއިރު، ފިހާރަތަކުން އެ ބުނެފައިވާ އެކައުންޓަށް ފައިސާ ޖަމާކުރިކަމަށް ސްލިޕް ފޮނުވިނަމަވެސް އެކައުންޓަށް ފައިސާ ޖަމާވިތޯ ޔަގީންކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފިހާރަތަކުގެ ސޭޓުންނަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައި ވެއެވެ.

އަދި ފައިސާ ލިބުނުކަން ޔަގީންކުރުމަށްފަހު ނޫނީ މުދާ ދޫނުކުރުމަށާއި، ސްލިޕްގައިވާ މައުލޫމާތު ރަނގަޅަށް ޗެކު ކުރުމުގެ އިތުރުން އެކައުންޓް ނަންބަރު އަދި ފައިސާގެ އަދަދު ކަށަވަރު ކުރުމަށް ވެސް ފުލުހުން ވަނީ ވިޔަފާރުވެރިން ކިބައިން އެދިފައެވެ.

އަދި މީގެ އިތުރުންފައިސާ ޓްރާންސްފާ ކުރި ތާރީހާއި ގަޑީގެ ސައްހަކަން ކަށަވަރު ކުރުމުގެ އިތުރުން ޓްރާންސްފާ ކުރި މީހާގެ ނަމާއި އައިޑީ ކާޑު ނަންބަރު އަދި ފޯނު ނަންބަރު ނޯޓު ކުރުމަށްވެސް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

އަދި މިއާ އެކު ފައިސާ ޓްރާންސްފާ ކުރި ސައްހަ ސްލިޕް ލިބުނުކަމުގެ ޔަގީންކަން ދިނުމާއެކު ޗެޓްލޮގް ސްކްރީން ޝޮޓް ނަގައި ސޭވް ކުރުމަށާއި، ހިނގާފައިވާ މުއާމަލާތުގައި ޝައްކުކުރެވޭފަދަ އެއްވެސް ކަމެއް ފާހަގަ ކުރެވޭނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓު ކުރުމަށް ވެސް ފުލުހުން ހިންގި ޕްރޮގްރާމްގައި ފުލުހުން ވަނީ ވިޔަފާރިވެރިންނަށް އިލްތިމާސްކޮށްފައެވެ.

ފިހާރަތަކުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދިޔަ އެ ޕްރޮގްރާމްގައި، މަކަރާއި ހީލަތުގެ މައްސަލަތަކުން ވިޔަފާރިވެރިން ރައްކާތެރިކުރުމަށް މައުލޫމާތު ހިމެނޭ ސްޓިކާއެއް ޒިޔާރަތް ކުރެވުނު ކޮންމެ ފިހާރައެއްގައިވެސް ވަނީ ތަތްކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް