ނ. ހެނބަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
ހެނބަދޫއަކީ 700 މީހުންގެ އާބާދީއެއް އޮންނަ އެންމެ 14 ހެކްޓަރުގެ މި ކުޑަ ރަށެކެވެ.
ޒަމާނުއްސުރެ ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ންނެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ މަސައްކަތް މިމަހު ދޭއްގައި ނިމިފައިވާކަމަށެވެ
އެ ކުންފުނިން ބުނީ ފަސް މިލިއަން ރުފިޔާގެމި މަޝްރޫއުގެ ދަށުން ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 5000 ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްފައިވާއިރު 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖަހާފައިވެއެވެ.
އަދި 235 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން 235 މީޓަރުގެ ސަރަހައްދެއްގައި ޖިއޯޓެކްސްޓައިލްސް ޖަހާފައިވާކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.
We have successfully completed the design and build of shore protection structures at N. Henbadhoo on 2nd August 2021. The value of the project is MVR 5 million. #MTCCProjects pic.twitter.com/vziIV6CZyh
— MTCC Plc (@MTCCPlc) August 11, 2021
ހެނބަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 20 ވަނަ ދުވަހުއެވެ.
ހެނބަދޫ ކައުންސިލުން ބުނީ ގޮޑުދޮށާ ވަރަށް ކައިރީގައި ގެތައް އިމާރާތްކޮށްފައި ހުންނަ މި ރަށުގެ ގޮޑުދޮށް ހިމާޔާތް ކުރުމުގެ ކުރިން އެ ރަށުގެ އުތުރުން އިރަށްވާގޮތަށް ގާތްގަޑަކަށް 1800އެއްހާ ފޫޓުގެ ސަރަހައްދު ގިރައިގެން ގޮސްފައިވާ ކަމަށެވެ.