މާލޭ ރަށްވެހިންނަށް އެހެންރަށްރަށުން ވެސް ބިން ލިބެންޖެހޭ : އަސްލަމް

  އަތޮޅުތަކުގެ ރަށްޔިތުންނަށް މާލެއިން ގޯއްޗާއި، ބިން ލިބޭ ފަދައިން މާލޭގެ ރައްޔިތުންނަށްވެސް އަތޮޅުތަކުގެ ރަށްތަކުން ބިން ލިބޭނެ އިންތިޒާމެއް ހަމަޖެހެން ޖެހޭކަމުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި މިއަދު މިނިސްޓަރާ ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް ސަރުކާރުން ކެނޑިނޭޅި […]

ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފި

  އެސްޓީއޯއިން ވިއްކާ ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފިއެވެ.   ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާކުރިކުރާ ކުންފުނި އެސްޓީއޯއިން ބުނީ އަގަށް ބަދަލުގެންނަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެންކަމަށެވެ. އެސްޓީއޯ އިން ބުނީ މި ފަހަރު ތެލުގެ އަގު ބޮޑު ކުރުމާއެކު އެ ކުންފުނިން ރާއްޖޭގެ އެކި ހިސާބުތަކަށް ތެޔޮ ފޯރުކޮށްދޭ ސަބްސިޑަރީ ކުންފުނި ފިއުލް ސަލްޕައި މޯލްޑިވްސް އިން ވެސް ތެލުގެ އަގަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. މި […]

ހިޔާފްލެޓްގެ ދަރިވަރުންނަށް ޖާގަ ދިނުމަށް ހުރަވީ ސްކޫލް ދެ ދަންފަޅިއަށް ބަދަލުކުރަނީ

  ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ކުދިންނަށް ޖާޖަ ދިނުމަށް ހުރަވީ ސްކޫލްގައި ދެ ދަންފަޅިއަށް ކިޔަވައި ދިނުމަށް ނިންމައިފިއެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ހުރަވީ ސްކޫލަކީ ހުޅުމާލޭ ދެ ވަނަ ފިޔަވައްސާއި އެއްމެ ކައިރީހުރި ސްކޫލެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ ހިޔާ ފްލެޓްތަކަށް ގިނަ އާއިލާތަކެއް ބަދަލުވަމުންދާއިރު އެއާއިލާތަކުގައި އުޅޭ ދަރިވަރުން ދުރު ސްކޫލްތަކަށް ދާންޖެހުން ވީހާވެސް އަވަހަކަށް ހައްލުކުރަން އެމިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށާ އެގޮތުން […]

ގިނަ އަދަދެއްގެ ޑްރޯންތަކެއްގެ ކޮންޓްރޯލްގެއްލި އާންމުންގެ ތެރެއަށް ވެއްޓިއްޖެ

    ޗައިނާގައި ކުރިއަށްގެންދިޔަ ޑްރޯން ޝޯއެއްގައި ގިނަ އަދަދެއްގެ ޑްރޯންތަކެއް ކޮންޓްރޯލް ގެއްލި އާންމުންގެ ތެރެއަށް ވެއްޓިއްޖެއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި 200 އަށްވުރެ ގިނަ ޑްރޯން ބޭނުންކޮށްގެން  ޝޮޕިން މޯލް ބިލްޑިންއެއްގެ މަތީގައި ކުރިއަށްގެންދިޔަ ޑްރޯންޝޯގެ ބައެއް ޑްރޯންތަކުގެ ކޮންޓްރޯލް ނެއްޓި ވެއްޓެންފެށީ ކުއްލި އަކަށެވެ.   މި ޑްރޯން ޝޯގައި ގިނަ އަދަދެއްގެ ޑްރޯންތައް ކޮންޓްރޯލުން ނެއްޓި ބިމަށް ވެއްޓޭ މަންޒަރު ފެންނަ ގިނަ އަދަދެއްގެ ވީޑިއޯތައްވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. […]

ވެމްކޯއިން ކުނި ނުގެންދާނަމަ މައުލޫމާތު ހިއްސާކުރުމަށް ނަންބަރެއް އާންމުކޮށްފި

  ވެމްކޯގައި ކުނި ނަގަން ރަޖިސްޓްރީ ކޮށްފައިވާ ގެއަކުން ކުނި ނުނަގާނަމަ އެ މައުލޫމާތު ހިއްސާކުރުމަށް ހާއްސަ ނަންބަރެއް  ތައާރަފް ކޮށްފި އެވެ. ކުނި ނުނަގާ ހުރިނަމަ ގުޅުމަށް އެ ކޯޕަރޭޝަނުން ތައާރފްކުރީ ވައިބާ  ހޮޓްލައިން ނަންބަރު 7998047 އެވެ. ވެމްކޯއިން ބުނީ އެ ނަންބަރަށް ވައިބާއިން މެސެޖް ކުރެވޭނެ ކަމަށާ، މެސެޖްކުރާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރުގެ އިތުރުން ވެމްކޯ އެކައުންޓް ނަންބަރާއި ގޭގެ ފުރިހަމަ ނަން ޖަހަންޖެހޭނެ ކަމަށެވެ. ވެމްކޯ އިން ހޮޓްލައިނެއް ތައާރަފްކޮށްފައި […]

ފަނޑިޔާރުންނަށް ނުފޫޒު ނުފޯރުވަން ގޮވާލައިފި

    ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ނުފޯރުވުމަށް ދިވެހި ފަނޑިޔާރުންގެ ޖަމްއިއްޔާއިން ގޮވާލައިފިއެވެ. ފަނޑިޔާރުންގެ ޖަމިއްޔާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ގާނޫނު އަސާސީގެ 141 ވަނަ މާއްދާގައި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވާކަމަށެވެ. ފަނޑިޔާރުންގެ ނިންމުންތަކާއި މެދު ނުރަނގަޅު ތަސައްވަރެއް އުފެދޭގޮތަށް ހަގީގަތާއި ހިލާފު ވާހަކަ ދެއްކުމަކީ، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުން ކަމަށާއި، އެފަދައިން އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް އެދޭކަމަށެވެ. ފަނޑިޔާރަކު ނިންމާ މައްސަލައަކާ ގުޅިގެން އެފަނޑިޔާރާ ގުޅޭގޮތުން ހަގީގަތެއްނެތް ވާހަކަ […]

އަމީން ބަންދުގައި ބަހައްޓަން އަމުރުކޮށްފި

  އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތުކުރާ މުހައްމަދު އަމީން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ. ކޯޓުން އަމުރުކޮށްފައިވަނީ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން 30 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށެވެ. އަމީންގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާތައް ބާތިލްކޮށް، އޭނާ މިނިވަން ކުރުމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރުމާ ގުޅިގެން އަނެއްކާ ވެސް އޭނާ ބަންދުކުރުމުގެ އަމުރަކަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ ފަރާތުން […]

ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

  ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފާ ގޯނާ ކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދީފި އެވެ. އީޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރުގެ ވެސް މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް އެކި ވައްތަރުގެ ދޫނިތައް ހިޖުރަކުރާ ދުވަސްވަރު ކަމަށެވެ. އަދި އެފަދަ ދޫނި ތަކަކީ އަދި މިގޮތަށް ހިޖުރަކުރާ ދޫންޏަކީ ”ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު“ […]

ދީނީ ހޭލުން ތެރިކަން އިތުރު ކުރުމަށް ވީޑިއޯ ހެދުމުގެ މުބާރާތެއް

  އާއްމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ވީޑިއޯ ހެދުމުގެ މުބާރާތެއް އިސްލާމިކް މިނިސްޓްރީން ބާއްވަން ނިންމައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ވީޑިއޯކްލިޕް ހެދުމުގެ މުބާރާތަކީ ސޯޝަލް  މީޑިއާ މެދުވެރިކޮށް އަވަސް، ފަސޭހަ އަދި ޝަޢުގުވެރި ވަސީލަތްތައް ބޭނުންކޮށްގެން ވީހާވެސް ގިނަ އަދަދެއްގެ ރައްޔިތުންނަށް ދީނީ އަދި އިޖްތިމާއީ މެސެޖުތަކާއި ނަސޭހަތް ފޯރުކޮށްދީ، ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ. މި މުބާރާތް ކުރިއަށް ގެންދަން ނިންމާފައި އޮތީ  އިސްލާމީ […]

ދިވެހިން ބައިބައިކުރުމަށް، ބަޔަކު ކެނޑިނޭޅި އެބަ މަސައްކަތްކުރޭ: ރައީސް

  ދިވެހިން ބައިބައި ކުރުމަށް ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރަހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. 1443ވަނަ އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ  ދިވެހިންނަކީ ދިގު ތާރީހެއް އޮތް  މުއްސަނދި ސަގާފީ ތަރިކައަކާއި، ފަހުރުވެރި ގައުމިއްޔަތެއް އޮތް ބަޔެއް ކަމަށެވެ. ދިވެހިންނަކީ ސުލްހަޔާއި ހަމަޖެހުމާއި މަޑުމައިތިރިކަމުގައި، މުއައްރިޚުން މިސާލުޖަހައި އުޅުނު ބައެއްކަމަށާ އަދި ދިވެހިންނަކީ ހަމްދަރުދީއާއި […]