ލޯންޗުން ވެއްޓުނު ކުޑަކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

    މިދިޔަ ހޮނިހިރު ދުވަހު މާލެއިން ފުރައިގެން ވ. ފުލިދޫއަށް ދަތުރު ކުރަނިކޮށް ލޯންޗުން ކަނޑަށް ވެއްޓި ގެއްލުނު ކުޑަ ކުއްޖާ ހޯދުމުގެ އޮޕަރޭޝަން މިވަގުތަށް މެދުކަނޑާލައިފި އެވެ. އެމްއެންޑީއެފުން ބުނީ އެ ކުޑަކުއްޖާ ހޯދުމަށް  މހާތަނަށް ކުރެވުނު މަސައްކަތުން އެ ކުއްޖާ ފެނިފައި ނުވާ ކަމަށާ  އެހެންވެ ކުއްޖާ ހޯދުމުގެ އޮޕަރޭޝަން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި މި ކުޑަކުއްޖާ ހޯދުމުގެ މަސައްކަތް މެދުކަނޑާލުމާ ހަމައަށް 4،706 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް […]

ޓްއާ ގައިޑެއްކަމަށް ބުނެ ފަތުރުވެރިންގެ ފައިސާތަކެއް ވަގަށް ނަގައިފި

    ޓުއާ ގައިޑެއްކަމަށް ހެދިގެން ފަތުރުވެރިއެއްގެ ފައިސާ ވަގަށްނެގި މީހަކު ފުލުހުން ހޯދަން ފަށައިފިއެވެ. ފުލުހުން ވަނީ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ ފޮޓޯއެއް އާންމުކޮށްފައެވެ. ފުލުހުން ބުނީ މިހާތަނަށް ކުރި މަސައްކަތުން އެއީ  ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށާ ނަމަވެސް އެއީ ބަންގްލަދޭޝް މީހެއް ކަމަށް މިހާތަނަށް ބެލި ބެލުމުން އެގިފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ މީހާ ފައިސާތައް ވަގަށްނަގާފައިވަނީ، ފަތުރުވެރިޔާއާއެކު ގައިޑެއްގެ ގޮތުގައި ހަރަކާތްތެރި ވުމަށްފަހު ފަތުރުވެރިޔާ އާޓިފިޝަލް ބީޗް މޫދަށް […]

ތިމާވެއްޓަށް ގެއްލުންވާގޮތަށް ރިސޯޓް މަސައްކަތް ކުރުމުން 2.75 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފި  

    ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ރ. ފާރުފުށީގައި ރިސޯޓުގެ މަސައްކަތް ކުރުމުގެ ސަބަބުން އެ މަސައްކަތް ކުރި ފާރުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް 275،000 ރުފިޔާއިން  ޖޫރިމަނާކޮށްފިއެވެ. އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފާސްކޮށްފައިވާ އެންވަޔަރުމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓާއި  ހިލާފަށް ފާރުފުށީގައި ރިސޯޓުގެ މަސައްކަތް ތަކެއް ކޮށްފައިވާ ކަމަށެވެ. އެހެންވެ، ފާރުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކުރީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ […]

215 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ދެ މީހުންގެ ވަނަވަރު އާންމު ކޮށްފި

    ހުކުރު ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 215 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި ދެ މީހުންގެ ވަނަވަރު ފުލުހުން އާންމު ކޮށްފިއެވެ.   މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރީ ފިނިފަރު، އަލީ ޝާކިރު 42، އާއި ރ. މަޑުއްވަރީ ފެހިއަލި، ނިމާލް އަބްދުލްހާރިސް 33، އެވެ. ފުލުހުން ބުނީ މި ދެ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ. ފުލުހުން ބުނީ މި […]

ފުލުހުންގެ މުއައްސަސާ ހޯމް މިނިސްޓްރީގެ ދަށުން ވަކިކޮށްފި

  ފުލުހުންގެ މުއައްސަސާ ހޯމް މިނިސްޓްރީގެ ދަށުން ވަކިކޮށްފިއެވެ. ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުން ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކޮށްފި އެވެ. ފުލުހުންގެ މުއައްސަސާ ހޯމް މިނިސްޓްރީގެ ދަށުން ވަކިކޮށްފައިވާ ކަން އަންގައި މިނިސްޓަރު އިމްރާން އަބްދުއްﷲ އަށް މިދިޔަ އަންގާރަ ދުވަހު ވަނީ ސިޓީ އެއް ފޮނުވާފައެވެ. ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފޮނުވައްފައިވާ މި ސިޓީގައި ބުނެފައިވަނީ ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ހިންގުން […]

ބްލޮކްތަކުގެ ވެރިންނަށް އެލަވަންސެއް ދިނުމަށް ނިންމައި ވެރިން ހޮވުމަށް އަނެއްކާ ވެސް އިއުލާންކޮށްފި

    މާލޭ ސިޓީ ކައުންސިލުގެ މަސައްކަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ކުރިއަށް ގެންދިއުމަށް ބްލޮކްތަކުގެ ވެރިން ހޮވުމަށް އަނެއްކާވެސް އިއުލާން ކޮށްފިއެވެ. މާލޭ ސިޓީ ކައުންސިލުން ބްލޮކްތަކުގެ ވެރިން ހޮވުމަށް ފުރަތަމަ އިއުލާން ކުރީ އޮގަސްޓް މަހުގައެވެ. ސިޓީ ކައުންސިލުން ބުނީ އިންތިހާބަކުން ހޮވުމަށް ނިންމި މި މަގާމަކީ އެއްވެސް މުސާރައެއް ކަނޑައަޅާފައިވާ މަގާމެއް ނޫންކަމަށެވެ. މާލޭސިޓީ ކައުންސިލުން ބްލޮކްތަކުގެ ވެރިންނަށް ކުރިމަތިލެވޭ މުއްދަތު އިތުރު ކުރުމަށް އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ބްލޮކްތަކުގެ ވެރިންނަށް […]

ވިޔަފާރަވެރިޔާ މަރާލުން: ދެ މީހަކު ހައްޔަރުކޮށް

    އދ. ދަނގެތީގެ ވިޔަފާރިވެރިޔެއް ކަމުގައިވާ އެ ރަށު މޮނަލާޒް، މަހްމޫދު އަބޫބަކުރު މަރާލި މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ. ވިޔަފާރިވެރިޔާ މަހުމޫދު ހަށިގަނޑު ފެނުނީ ރެއިން ފެށިގެން އޭނާއަށް ވީނުވީއެއް ނޭގި ހޯދަމުން ދަނިކޮށް މިއަދު މެންދުރު ފަހު އެރަށު ފަޅުގެއެއްގެ ވަޅެއްގެ ތެރެއަށް އެއްލާލާފައި އޮއްވައެވެ. ހަށިގަނޑޫ ވަޅުތެރޭގައި އޮތީ ބޯ އަޑިއަށް ވާގޮތަށް ދެ ފައި މައްޗަށްވޯގޮތަށެވެ. އަދި ބޮލާއި ފައިގައި ގޯނި އައްސާފައި ވާކަމަށް ރަށުން މައުލުމާތު […]

ވިޔަފާރަވެރިޔަކު މަރާލާފަ ވަޅެއްގެ ތެރެއަށް އަޅާފައި އޮއްވާ ފެނިއްޖެ

  އދ. ދަނގެތީގެ ވިޔަފާރިވެރިޔަކު މަރާލާފަ ފަޅުގެއެއްގެ ވަޅެއްގެ ތެރެއަށް އަޅާފައި އޮއްވާ ފެނިއްޖެއެވެ. މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނީ އެރަށު މޮނަލާޒުގެ މަހުމޫދު އަބޫބަކުރު (55އ )އެވެ. އާއިލާއިން ވާހަކަދެއްކި މީހަކު ބުނީ ރޭ ރާއްޖެއާއި އިންޑިއާ ކުޅުނު ފުޓްބޯޅަމެޗް ބަލަން އިންދާ ގާތްގަޑަކަށް 10 ޖަހާ އެހާއްކަށްހާއިރު ފޯނެއް އައިސްގެން ގެން ނުކުމެގެން ދިޔަ ކަމަށާ އޭނާ އަށް ވީނުވީއެއް ނޭގުނީއޭގެ ފަހުންކަމަށެވެ. ދޯނި ފަހަރާއި ރެސްޓޯރެންޓެއްގެ އިތުރުން އަދި ވެސް އެހެނިހެން ވިޔަފާރި […]

ރީކޯ މޫސަ ރައީސް ނަޝީދަށް: މައިންބަފައިންނާ ނުބެހި ސިޔާސީ ޒުވާބުކުރަން އެނގެންޖެހޭނެ

    މައިން ބަފައިންނާ ނުބެހި ސިޔާސީ ޒުވާބު ކުރަން އެނގެން ޖެހޭނެކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ގޮވާލައްވައިފިއެވެ.   ރައީސް ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ރީކޯމޫސަގެ ބައްޕައާ ބެހިވަޑައިގަތްކަމަށް ވިދާޅުވެ މޫސަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައިންބަފައިންނާ ނުބެހި ސިޔާސީ ޒުވާބުކުރަން ރައީސް ނަޝީދު ދަސްކުރައްވަން ޖެހޭ ކަމަށެވެ. ”މިދުވަސް ހަނދާކޮށްލައްވާ މަނިކުފާނުގެ […]

އެލެކްސް އަހުމަދު އެކައުންޓަކީ އަމިއްލަފުޅު އެކައުންޓެއްކަމަށް ނަޝީދު އިއުތިރާފްވެ ވަޑައިގެންފި

    އެލެކްސް އަހުމަދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޓްވިޓާގައި ގެންގުޅުއްވާ  އެކައުންޓެއްކަމަށް އެމަނިކްފާނު އިއުތިރާފްވެ ވަޑައިގެންފިއެވެ.   މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އެ އެކައުންޓަކީ އެ މަނިކުފާނުގެ ނުރަސްމީ އެކައުންޓު ކަމަށާ މައިގަނޑުގޮތެއްގައި އޭގައި ހުންނާނީ ތާރީހީ ވާހަކަތައް ކަމަށެވެ.   ”އެއީ އަޅުގަނޑަކަށް ނުފެނޭ ރަސްމީ ގޮތެއްގައި އަޅުގަނޑު ބުނާ އެއްޗެހީގެ ގޮތުގަ ތިބޭފުޅުން ބޭނުން ކުރައްވާކަށް. އެ […]