215 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ދެ މީހުންގެ ވަނަވަރު އާންމު ކޮށްފި

Loading

Facebook
Twitter
WhatsApp

 

 

ހުކުރު ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 215 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި ދެ މީހުންގެ ވަނަވަރު ފުލުހުން އާންމު ކޮށްފިއެވެ.

 

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރީ ފިނިފަރު، އަލީ ޝާކިރު 42، އާއި ރ. މަޑުއްވަރީ ފެހިއަލި، ނިމާލް އަބްދުލްހާރިސް 33، އެވެ.

ފުލުހުން ބުނީ މި ދެ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މަސްތުވާތަކެތި އަތުލައިގަތީ ރ. އަތޮޅުގެ ފަޅު ރަށަކުންކަމަށެވެ. ނަމަވެސް އެރަށާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައި ނުވެއެވެ.

މި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށް އެމީހުންގެ ވަނަވަރު އާންމުކޮށްފައިވާއިރު  މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އިތުރު 100 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ ތުހުމަތުކުރެވޭ 10 މީހަކު ފުލުހުން ހައްޔަރުކުރި އެވެ. އެ މަސްތުވާތަކެތި ވެސް އަތުލައިގަތީ ފަޅު ރަށަކުންނެވެ.

ނަމަވެސް އެ މައްސަލައިގައި ހައްޔަރުކުރި މަސްތުވާތަކެތީގެ ބޮޑުން ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ވަނީ ދޫކޮށްލާފަ އެވެ. އެ މީހުންގެ ވަނަވަރު ހާމަކޮށްފައި ނުވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް