ވިޔަފާރަވެރިޔަކު މަރާލާފަ ވަޅެއްގެ ތެރެއަށް އަޅާފައި އޮއްވާ ފެނިއްޖެ

Loading

Facebook
Twitter
WhatsApp

 

އދ. ދަނގެތީގެ ވިޔަފާރިވެރިޔަކު މަރާލާފަ ފަޅުގެއެއްގެ ވަޅެއްގެ ތެރެއަށް އަޅާފައި އޮއްވާ ފެނިއްޖެއެވެ.

މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނީ އެރަށު މޮނަލާޒުގެ މަހުމޫދު އަބޫބަކުރު (55އ )އެވެ.

އާއިލާއިން ވާހަކަދެއްކި މީހަކު ބުނީ ރޭ ރާއްޖެއާއި އިންޑިއާ ކުޅުނު ފުޓްބޯޅަމެޗް ބަލަން އިންދާ ގާތްގަޑަކަށް 10 ޖަހާ އެހާއްކަށްހާއިރު ފޯނެއް އައިސްގެން ގެން ނުކުމެގެން ދިޔަ ކަމަށާ އޭނާ އަށް ވީނުވީއެއް ނޭގުނީއޭގެ ފަހުންކަމަށެވެ.

ދޯނި ފަހަރާއި ރެސްޓޯރެންޓެއްގެ އިތުރުން އަދި ވެސް އެހެނިހެން ވިޔަފާރި ތައް ކުރަމުން އައި މަހުމޫދު ފެނުނީ މިއަދު ހެނދުނުއްސުރެރަށު ރައްޔިތުން ނުކުމެ އޭނާ ހޯދަމުން ދަނިކޮށް ތިން ވަނަ ފަރަހަށް ރައްޔިތުން ނުކުތް ފަހަރުއެވެ. އޭނާގެ ހަށިގަނޑު ފެނިފައިވާއިރު ރަށު މީހުން ބުނާ ގޮތުގައި އޭނާ ވަޅަށް އެއްލާލާފައި އޮތީ އަތްފައި އައްސާފަ ގޯންޏަށް ލުމަށް ފަހުއެވެ.

މަހުމޫދުގެ މަރާ ގުޅިގެން ފުލުން އަދި އެއްވެސް މައުލޫމާތެއް އާންމުކޮށްފައި ނުވެއެވެ. ރަށުގެ ބައެއް ފަރާތަކުން ތުހުމަތުކުރާ ގޮތުގައި މަހުމޫދު މަރާލާފައިވަނީ އެރަށުގައި އުޅުނު އެހެން ރަށެއްގެ ދެމީހެކެވެ. މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ތުހުމަތު ކުރެވޭ އެ ދެ މީހުން ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށް ވެސް ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މަހުމޫދު ހޯދުމުގެ މަސައްކަތް ރަށުގެ ރައްޔިތުންގެ އިތުރުން ފުލުހުންނާއި އެމްއެންޑީއެފްގެ ކޯސްޓްގާޑްން ވެސް ދިޔައީ ކުރަމުންނެވެ.

 

އިތުރު ތަފްސީލު އަންނަނީ …

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް