ފުލުހުންގެ މުއައްސަސާ ހޯމް މިނިސްޓްރީގެ ދަށުން ވަކިކޮށްފި

Loading

Facebook
Twitter
WhatsApp

 

ފުލުހުންގެ މުއައްސަސާ ހޯމް މިނިސްޓްރީގެ ދަށުން ވަކިކޮށްފިއެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުން ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކޮށްފި އެވެ.

ފުލުހުންގެ މުއައްސަސާ ހޯމް މިނިސްޓްރީގެ ދަށުން ވަކިކޮށްފައިވާ ކަން އަންގައި މިނިސްޓަރު އިމްރާން އަބްދުއްﷲ އަށް މިދިޔަ އަންގާރަ ދުވަހު ވަނީ ސިޓީ އެއް ފޮނުވާފައެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފޮނުވައްފައިވާ މި ސިޓީގައި ބުނެފައިވަނީ ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ހިންގުން ނިމުމަކަށް ގެނައީ ފުލުހުންގެ އާ ގާނޫނަށް އަމަލުކުރަން ފެށި ދުވަސްކަމުގައިވާ  މާޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ސިޓީގައި ބުނެފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ދިވެހި ފުލުހުންގެ ހިދުމަތަކީ  ވަކި މިނިސްޓްރީއެއްގެ ދަށުން ހިނގަމުންދާނެ އިދާރާއެއް ކަމަށް ކަނޑައަޅައިފައެއް ނުވާ ކަމަށާ،  އެހެންވެ ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ އިދާރާ ހިނގަމުން ދާ ގޮތަށް އޮތް އޮތުން ބަދަލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުންގެ މުއައްސަސާ ހޯމް މިނިސްޓްރީގެ ދަށުން ނެގުމުން، ދެން އެ މިނިސްޓްރީން އަދާކުރަން ޖެހޭ ޒިންމާތައް ލިޔުމުން އަންގައިވާނެ ކަމަށް ވެސް އެ ސިޓީގައި ބުނެފައި ވެއެވެ.

މީގެ ކުރިން އަމަލުކުރަމުން ދިޔަ ފުލުހުންގެ ގާނޫނުގައިވާ ގޮތުން، އެ މުއައްސަސާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނީ ހޯމް މިނިސްޓަރެވެ.

ފުލުހުންގެ އާ ގާނޫނުގެ ދަށުން ފުލުހުންގެ އެ އިދާރާ ހިންގުމަށް ބޯޑެއް ވަނީ އެކުލަވާލާފައެވެ. އަދި އެ މުއައްސަސާގެ ގިނަ ކަންތައްތަކެއް ދަނީ ބަދަލުކުރަމުންނެވެ.

Loading

3 Responses

    1. ކޮބާތޯ ރަނގަޅުގޮތަކީ؟ އެނގޭމީހާ ނޭގޭ މީހުނަށް ބުނެދޭން ޖެހޭނެއެވެ. ވަސްދުވައޭ ބުނެފާ އެދުވާވަހެއް ނޭންގެންޏާ ކަމަކު ނުދާނެއެވެ. ރަނގަޅުކޮށްލަންވެސް އެނހީތެރިވެ ދެވުނީ އޭރުންނޫންތޯއެވެ. މީހާގެ ނަންވެސް ބޭނުންކޮށްލެއްވުން މޮޅުއިތުރު ގޮތަކީވެސް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް