ޓްއާ ގައިޑެއްކަމަށް ބުނެ ފަތުރުވެރިންގެ ފައިސާތަކެއް ވަގަށް ނަގައިފި

Loading

Facebook
Twitter
WhatsApp

 

 

ޓުއާ ގައިޑެއްކަމަށް ހެދިގެން ފަތުރުވެރިއެއްގެ ފައިސާ ވަގަށްނެގި މީހަކު ފުލުހުން ހޯދަން ފަށައިފިއެވެ.

ފުލުހުން ވަނީ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ ފޮޓޯއެއް އާންމުކޮށްފައެވެ.

ފުލުހުން ބުނީ މިހާތަނަށް ކުރި މަސައްކަތުން އެއީ  ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށާ ނަމަވެސް އެއީ ބަންގްލަދޭޝް މީހެއް ކަމަށް މިހާތަނަށް ބެލި ބެލުމުން އެގިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މީހާ ފައިސާތައް ވަގަށްނަގާފައިވަނީ، ފަތުރުވެރިޔާއާއެކު ގައިޑެއްގެ ގޮތުގައި ހަރަކާތްތެރި ވުމަށްފަހު ފަތުރުވެރިޔާ އާޓިފިޝަލް ބީޗް މޫދަށް އެރުނު ވަގުތު ކަމަށެވެ.

މި މީހާއާބެހޭ އެއްވެސް މައުލޫމާތެއް އެނގިފައިވާ ފަރާތެއް ވާނަމަ ޓޫރިސްޓް ޕޮލިސްގެ ނަންބަރު 9790070 އަށް ގުޅައި އެމައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް