ބްލޮކްތަކުގެ ވެރިންނަށް އެލަވަންސެއް ދިނުމަށް ނިންމައި ވެރިން ހޮވުމަށް އަނެއްކާ ވެސް އިއުލާންކޮށްފި

Loading

Facebook
Twitter
WhatsApp

 

 

މާލޭ ސިޓީ ކައުންސިލުގެ މަސައްކަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ކުރިއަށް ގެންދިއުމަށް ބްލޮކްތަކުގެ ވެރިން ހޮވުމަށް އަނެއްކާވެސް އިއުލާން ކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބްލޮކްތަކުގެ ވެރިން ހޮވުމަށް ފުރަތަމަ އިއުލާން ކުރީ އޮގަސްޓް މަހުގައެވެ. ސިޓީ ކައުންސިލުން ބުނީ އިންތިހާބަކުން ހޮވުމަށް ނިންމި މި މަގާމަކީ އެއްވެސް މުސާރައެއް ކަނޑައަޅާފައިވާ މަގާމެއް ނޫންކަމަށެވެ.

މާލޭސިޓީ ކައުންސިލުން ބްލޮކްތަކުގެ ވެރިންނަށް ކުރިމަތިލެވޭ މުއްދަތު އިތުރު ކުރުމަށް އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ބްލޮކްތަކުގެ ވެރިންނަށް ހޮވޭ ފަރާތްތަކަށް މަހަކު 1000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ނިންމާފައިވާ ކަމަށާ ބްލޮކްތަކުގެ ވެރިންނަށް ކުރިމަތި ލުމުއްދަތު ޑިސެމްބަރު ދެ އަކާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

 

ސިޓީ ކައުންސިލުން ބުނީ މި އިންތިހާބަށް ވާދަކުރެވޭނީ އެ ބްލޮކެއްގައި އުޅޭ އުމުރުން 18 އަހަރުން މަތީގެ ދިވެހިންނަށްކަމަށާއި އެ މީހަކީ ވަށްކަމާއި ޓެކުން، ފޭރުން، ނުވަތަ ކޮރަޕްޝަނުގެ ކުށެއް ސާބިތުވެފައިނުވާ މީހެއް ކަމުގައިވާން ޖެހޭނެކަމަށެވެ.

އަދި މި މަގާމަށް އެދުމުގެ ޝަރުތުތަކުގެ ތެރޭގައި އެފަރާތަކީ  އެއްވެސް މީހަކަށް އަދި ކުޑަކުއްޖަކަށް، ޖިންސީ ޖިސްމާނީ ހާނިއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީއަތަށް ސާބިތު ވެފައިވާ މީހަކު ކަމުގައި ނުވުމާއި، އެފަދަ މައްސަލައެއްގެ ތަހްގީގުގައި ބަންދުވެފައިވާ މީހެއްކަމުގައި ނުވުމާއި، ތަހްގީގުގެ މަރުހަލާގައި ވާ މީހެއްކަމުގައި ވެގެން ނުވާނެއެވެ.

ޖިނާއީ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ސާބިތުވެފައި ވާނަމަ ހުކުމް ތަންފީޒު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހުންނަށް ކުރިމަތިލެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އަދި މީގެ އިތުރުން ބްލޮކްތަކުގެ ވެރިންނަށް ވުމަށް އެދި ކުރިމަތި ލާ މީހަކީ އެހެން މަގާމެއްގައި ހުރި މީހެއް ކަމުގައި ނުވުމާއި މުސްތަގިއްލު މުއައްސަސާއެއްގެ ނުވަތަ ސިޔާސީ މަގާމެއް ފުރާ ފަރާތެއް ކަމުގައި ނުވުންވެސް ޝަރުރުތަކުގެ ތެރޭގައި ހިމެނެއެވެ.

މިއީ ބްލޮކްތަކުގެ ވެރިން ހޮވުމަށް އެކަމަށް އެދޭ މީހުން ކުރިމަތި ލުމަށް ހުޅުވައިލި ހަތަރުވަނަ ފަހަރެވެ. އެ މަގާމަށް ކުރިމަތިލުމަށް ސިޓީ ކައުންސިލުން ފުރަތަމަ ހުޅުވައިލީ އޮގަސްޓް މަހުގައެވެ. އޭރު ސިޓީ ކައުންސިލުން ބުނީ ބްލޮކްތަކުގެ ވެރިން އައްޔަން ކުރުމަށް ބާއްވާ އިންތިހާބު މި މަހު ނުވަ އެއްގައި ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ބްލޮކްތަކުގެ ވެރިންނަށް ވުމަށް ކުރިމަތިލުމުގެ ފުރުސަތު ތިން ފަހަރަކަށް އިއުލާން ކޮށްފައިވާއިރު ދެން މި އިންތިހާބު ބާއްވާނެ ދުވަހެއް ސިޓީކައުންސިލުން އަދިހާމަކޮށްފައިނުވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް