ތިމާވެއްޓަށް ގެއްލުންވާގޮތަށް ރިސޯޓް މަސައްކަތް ކުރުމުން 2.75 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފި  

Loading

Facebook
Twitter
WhatsApp

 

 

ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ރ. ފާރުފުށީގައި ރިސޯޓުގެ މަސައްކަތް ކުރުމުގެ ސަބަބުން އެ މަސައްކަތް ކުރި ފާރުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް 275،000 ރުފިޔާއިން  ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފާސްކޮށްފައިވާ އެންވަޔަރުމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓާއި  ހިލާފަށް ފާރުފުށީގައި ރިސޯޓުގެ މަސައްކަތް ތަކެއް ކޮށްފައިވާ ކަމަށެވެ.

އެހެންވެ، ފާރުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކުރީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ކަމަށް އީޕީއޭ އިން ބުންޏެވެ.

ޖޫރިމަނާ ފައިސާ 30 ދުވަސް ތެރޭގައި އީޕީއޭ އަށް ދައްކަންޖެހޭ ކަމަށް އެ އިދާރާ އިން ބުންޏެވެ.

ލަގްޒަރީ ޓޫރިޒަމަށް ހާއްސަކޮށްގެން ތަރައްގީކުރި ފާރުފުށި ރިސޯޓް ހުޅުވީ 2019 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އީޕީއޭން އެ ކުންފުނި ޖޫރިމަނާ ކޮށްފައި މިވަނީ  80 ވިލާގެ މި ރިސޯޓް ވިއްކާލުމަށް މިދިޔަ މަސްތެރޭ އިއުލާންކޮށްފައި ވަނިކޮށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް