އެލެކްސް އަހުމަދު އެކައުންޓަކީ އަމިއްލަފުޅު އެކައުންޓެއްކަމަށް ނަޝީދު އިއުތިރާފްވެ ވަޑައިގެންފި

Loading

Facebook
Twitter
WhatsApp

 

 

އެލެކްސް އަހުމަދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޓްވިޓާގައި ގެންގުޅުއްވާ  އެކައުންޓެއްކަމަށް އެމަނިކްފާނު އިއުތިރާފްވެ ވަޑައިގެންފިއެވެ.

 

މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އެ އެކައުންޓަކީ އެ މަނިކުފާނުގެ ނުރަސްމީ އެކައުންޓު ކަމަށާ މައިގަނޑުގޮތެއްގައި އޭގައި ހުންނާނީ ތާރީހީ ވާހަކަތައް ކަމަށެވެ.

 

”އެއީ އަޅުގަނޑަކަށް ނުފެނޭ ރަސްމީ ގޮތެއްގައި އަޅުގަނޑު ބުނާ އެއްޗެހީގެ ގޮތުގަ ތިބޭފުޅުން ބޭނުން ކުރައްވާކަށް. އެ އެކައުންޓުގަ ތިބޭފުޅުން ބައްލައިވައިލައްވައިފިއްޔާ ހާއްސަ ގޮތެއްގައި އަމާޒުވެފައި ހުންނާނީ ތާރީހީ ކަންކަމަށް. އަދި ސަގާފީ ކަންކަމަށް،“ ނަޝީދު ވިދާޅުވިއެވެ

ނަމަވެސް ބައެއް ފަހަރު ބަހުސެއްގެ ތެރެއިން އެ މަނިކުފާނު ބައިވެރިވާން ބައެއް މީހުން އެދޭތީ ސިޔާސީ ޓުވީޓުތައް ވެސް ކޮށްފައި ހުންނާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވި ނަމަވެސް އެ އެކައުންޓުން ވެރިޔެއްގެ ބަހުރުވައިން ދަށުދަރަޖައިގެ ބަހުރުވަ ބޭނުންކޮށްގެން ވެސް ޓްރީޓްކުރައްވާފައި ހުންނަ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ރައީސް ނަޝީދަށް ގިނަ ފަރާތްތަކެއްގެ ފާޑުކިއުންތައް ވެސް ވަނީ އަމާޒުވެފައެވެ.

އަދި ރައީސް ނަޝީދު ފިއްލަވާ ހުންނަވައި އެއެކައުންޓްގެ އިތުރުން އެކި ނަންނަމުގައި ސޯޝަލް މީޑިއާގައި އެކި ފަރާތްތަކަށް މަލާމާތްކޮށް ހަޖޫ ޖަހާކަމަށް ކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ރައީސް ނަޝީދުގެ އެލެކްސް އަހްމަދުގެ އެ އެކައުންޓް މި މަހުގެ ހަވަނަ ދުވަހުން ފެށިގެން ވަނީ ”އެމްއެން އަންއޮފިޝަލް“ މި ނަމަށް ބަދަލުކުރައްވާފަ އެވެ.

 

 

 

Loading

One Response

  1. ކީއްވެބާ ވަގު އެކައުންޓެއް ހަދައިގެން އެހެންމީހުނާ ފޮށުނީ؟ މަހަމަ ކޮށްވެއްޖެއެވެ. މިވަރުގެ މީހަކު ދައްކާ ދަޅަޔަށް ގައުމުގެ 20% ހެއްލޭތީއެވެ. ނަފުސާނީގޮތުން އަންނި ޗެކްކުރަންޖެހެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް