ލޯންޗުން ވެއްޓުނު ކުޑަކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

Loading

Facebook
Twitter
WhatsApp

 

 

މިދިޔަ ހޮނިހިރު ދުވަހު މާލެއިން ފުރައިގެން ވ. ފުލިދޫއަށް ދަތުރު ކުރަނިކޮށް ލޯންޗުން ކަނޑަށް ވެއްޓި ގެއްލުނު ކުޑަ ކުއްޖާ ހޯދުމުގެ އޮޕަރޭޝަން މިވަގުތަށް މެދުކަނޑާލައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ކުޑަކުއްޖާ ހޯދުމަށް  މހާތަނަށް ކުރެވުނު މަސައްކަތުން އެ ކުއްޖާ ފެނިފައި ނުވާ ކަމަށާ  އެހެންވެ ކުއްޖާ ހޯދުމުގެ އޮޕަރޭޝަން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

އަދި މި ކުޑަކުއްޖާ ހޯދުމުގެ މަސައްކަތް މެދުކަނޑާލުމާ ހަމައަށް 4،706 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާނެ ކަމަށް ވެސް އެމްއެންޑީއެފްން ބުނެއެވެ.

މާލެ އިން ފުރައިގެން ފުލިދޫއަށް ދަތުރުކުރަނިކޮށް އެ ކުޑަކިއްޖާ ކަނޑަށް ވެއްޓުނީ މޫސުމް ގޯސްވެ ލޯންޗުގެ ތެރެއަށް ރާޅުއެރަގެން ހިނގައިދިޔަ ހާދިސާއެއްގައެވެ. މި ހާދިސާގައި ގެއްލިގެން ހޯދަމުންދާ ކުޑަ ކުއްޖާގެ މަންމަ އާއި އެކުއްޖާގެ ބޭބެވެސް ކަނޑަށް ވެއްޓުނެވެ. ކުއްޖާގެ ބޭބެ ސަލާމަތް ވި ނަމަވެސް އެކުއްޖާގެ މަންމަ މ. ގްރީން ޕީކު، މަރިޔަމް ނާހިދާ މިހާދިސާގައި ވަނީ މަރުވެފަ އެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް