ވިޔަފާރަވެރިޔާ މަރާލުން: ދެ މީހަކު ހައްޔަރުކޮށް

Share on facebook
Facebook
Share on twitter
Twitter
Share on whatsapp
WhatsApp
ވިޔަފާރަވެރިޔާ މަރާލުން: ދެ މީހަކު ހައްޔަރުކޮށް

 

 

އދ. ދަނގެތީގެ ވިޔަފާރިވެރިޔެއް ކަމުގައިވާ އެ ރަށު މޮނަލާޒް، މަހްމޫދު އަބޫބަކުރު މަރާލި މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ވިޔަފާރިވެރިޔާ މަހުމޫދު ހަށިގަނޑު ފެނުނީ ރެއިން ފެށިގެން އޭނާއަށް ވީނުވީއެއް ނޭގި ހޯދަމުން ދަނިކޮށް މިއަދު މެންދުރު ފަހު އެރަށު ފަޅުގެއެއްގެ ވަޅެއްގެ ތެރެއަށް އެއްލާލާފައި އޮއްވައެވެ. ހަށިގަނޑޫ ވަޅުތެރޭގައި އޮތީ ބޯ އަޑިއަށް ވާގޮތަށް ދެ ފައި މައްޗަށްވޯގޮތަށެވެ. އަދި ބޮލާއި ފައިގައި ގޯނި އައްސާފައި ވާކަމަށް ރަށުން މައުލުމާތު ދިން މީހާ ބުންޏެވެ.

އާއިލާއިން ވާހަކަދެއްކި މީހަކު ބުނީ ރޭ ރާއްޖެއާއި އިންޑިއާ ކުޅުނު ފުޓްބޯޅަމެޗް ބަލަން އިންދާ ގާތްގަޑަކަށް 10 ޖަހާ އެހާއްކަށްހާއިރު ފޯނެއް އައިސްގެން ގެން ނުކުމެގެން ދިޔަ ކަމަށާ އޭނާ އަށް ވީނުވީއެއް ނޭގިގެންއެންމެފަހުންރިޕޯޓްކުރީކަމަށެވެ.

މި މައްސަލައާއި ގުޅިގެން މީގެ އިރުކޮޅެއް ކުރިން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި ދެ މީހުންނަކީ އެރަށަށް ގޮސްތިބި ތޮއްޑޫއަށް ނިސްބަތްވާ ދެ މީހެކެވެ. މި ދެމީހުންނަކީ ވެސް މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ ދެ މީހުންނެވެ.

ދޯނި ފަހަރާއި ރެސްޓޯރެންޓެއްގެ އިތުރުން އަދި ވެސް އެހެނިހެން ވިޔަފާރި ތައް ކުރަމުން އައި މަހުމޫދު ފެނިފައިވާ ފަޅު ގެއަކީ އޭނާގެ މާމަގެ ގެއެވެ.

މި މައްސައިލަ ފުލުހުން ބަލަމުން އަންނައިރު ފުލުހުންގެ ފޮރެންސިކްޓީމެއްވެސް އެރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

One Response

  1. ހާދައޭ އަނިޔާވެރީދޯ؟ ތިމަރަށް މަރުހިއްޕަވާށެވެ.. އޭރުން މީހުން މެރުން ހުއްޓުވިދާނެއެވެ. އެހެނީ ވަގަކުވެސް އޭނާ ވަގަށްނަގައިގެން ގެންގުޅޭ އެއްޗެއްވެސް އެހެން މީހަކު އޭނާގެއަތުން ވަގަށް ނަގާކަށް ނުރުހޭނެއެވެ. ވީމާ މަރަށް މަރުހިފައިފިނަމަ މީހުން މަރާމީހުނަށް ބޮޑު ފިލާވަޅަކަށް ވާނެއެވެ.

ފަހުގެ އަޕްޑޭޓް