ޓުއާ ގައިޑެއްކަމަށް ހެދިގެން ވައްކަން ކުރި މީހާ ހައްޔަރުކޮށްފި

  ޓުއާ ގައިޑެއްކަމަށް ހެދިގެން ފަތުރުވެރިއެއްގެ ފައިސާ ވަގަށްނެގިކަމުގެ ތުހުމަތުގައި ފުލުހުން ހޯދަމުން ދިޔަ މީހާ ހައްޔަރުކޮށްފި އެވެ. މި މައްސަލައިގެ ތުހުމަތުގައި ހޯދަމުން ދިޔައީ ބަނގްލަދޭޝް ރައްޔިތެއް ކަށްވާ ތަންވީރު އިސްލާމް (28އ) އެވެ. ފުލުހުން ބުނީ ތަންވީރު މިހާރު ހައްޔަރުކޮށްފައިވާ ކަމަށާ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު މި މަހުގެ 24 ވަނަ […]

އެމްއެންޕީގެ ޕީޖީ ލީޑަރަކަށް ރިޔާޒު

ސިޔާސީ ޕާޓީއެއްގެ ގޮތުގައި މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) ރައްޔިތުންގެ މަޖިލީހުން ބަލައިގަތުމާއި ގުޅިގެން އެ ޕާޓީގެ ޕީޖީ ގުރޫޕްގެ ލީޑަރަކަށް އަބްދުއްލާ ރިޔާޒު ހަމަޖައްސަވައިފި އެވެ. އެމްއެންޕީ ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނާފައިވަނީ އިއްޔެއެވެ. އެޕާޓީ ދަފްތަރު ކޮށްފައިވަނީ މަޖިލީހުގެ 3 މެމްބަރުންނާއިއެކުގައެވެ. އެއީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުއްލާ ރިޔާޒު އާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އެވެ. އެމްއެންޕީގެ ޕާލިމަންޓްރީ […]

ސައިކަލެއް ވަގަށްނެގި ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ހޯދަނީ

  ސައިކަލެއް ވަގަށްނެގިކަމަށް ތުހުމަތުކުރެވޭ ބަޔަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމުކޮށްފި އެވެ. ފުލުހުން ބުނީ އާންމުކޮށްފައވާ ވީޑިއޯގައި ފެންނަ ދެ މީހުންނަކީ ފެންނަ ދެމީހުންނަކީ މިދަޔަ މަހުގެ ހަތަރު ވަނަ ދުވަހުގެ ވަގުތެއްގައި ކާނޭޝަންމަގު ފަރީދީ މިސްކިތް ކައިރީގައި ހުރި ސައިކަލެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ތަހުގީގަށް ހޯދަން ބޭނުންވެފުލުހުން މިހާތަނަށް ކުރި މައްސައްކަތުން ކޮންބައެއްކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ ދެ މީހުން ކަމަށެވެ.   މިމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް […]

ކޮވިޑް ފެސިލިޓީއަކުން ވައްކަން ކުރިމީހަކު ހޯދަނީ

  ކޮވިޑް ފެސިޓީއަކުން ވައްކަން ކުރި މީހަކު ހޯދަން މީހެއްގެ ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ. ވީޑިއޯއިން ފެންނަނީ މަގުމަތީގައި މީހަކު ހިނގާފައިދާ މަންޒަރެވެ. ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއަކީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުގެ ވަގުތެއްގައި މަސްވެރިންގެ ޕާކު ތެރޭގައި ހުރި ކޮވިޑް ފެސިލިޓީން ފޯނެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހޯދަމުންފާ މީހެއްކަމަށެވެ. ފުލުހުން ބުނީ މިހާތަނަށް ކުރި މައްސައްކަތުން އެއީ ކާކުކަން ދެނެގަނެވިފައި ނުވާތީ އެމީހާ ހޯދިފައި ނުވާކަމަށެވެ. […]

އުތުރު ތިލަފަޅު އެއްބަސްވުމުގެ ބައެއް މައުލޫމާތު ހާމަކުރަން ނިންމައިފި

  މައްސަލަ ހޫނުވެފައިވާ އުތުރުތިލަފަޅު ނުވަތަ ޔޫޓީއެފް އެއްބަސްވުމުގައި ހުރި ބައެއް މައުލޫމާތުތައް ހާމަކުރަން ޑިފެންސް މިނިސްޓްރީއިން އެއްބަސްވެފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އޮފީހުން ބުނެފިއެވެ. އުތުރުތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ހެދުމަށް އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ވެވުނު ”ޑިވެލޮޕްމަންޓަ، ސަޕޯޓު، އެންޑް ދަ މައިންޓެނޭންސް އޮފް ދަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހާބާ ސިފަވަރު އެޓް އުތުރުތިލަފަޅު“ އެއްބަސްވުމާއި ގުޅޭގޮތުން  މައުލޫމާތުތަކެއް ހޯދަން ޑިފެންސް މިނިސްޓްރީއަށް ހުށަހެޅީ “ ދިޔަރެސް“ ނޫހުންނެވެ. އެ […]

ހިޔާ މަޝްރޫއުގައި ކަރަޕްޝަން ހިމެނޭކަމަށް ބުނެ ތަހުގީގު ހިންގުމަށް އެދި ހުށަހަޅައިފި

  ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމް ކޮށްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއު، ހިޔާ މަޝްރޫގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެކަމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ. މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ހުށަހެޅުއްވި މި މައްސަލަ މަޖިލީހުގެ ތަޅުމުން ބަލައިގަތީ 33 މެމްބަރުންގެ ވޯޓާ އެކުއެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ. މައްސަލަ ހުށަހަޅުއްވަމުން ފަލާހު ވިދާޅުވީ ކުރީ ސަރުކާރުން ހިޔާ […]

ވާހަކައަށް ވުރެ އަމަލުތައް ގިނަކުރުމަށް ރައީސް ގޮވާލައްވައިފި

  ވާހަކައަށްވުރެ އަމަލުތައް ގިނަ ކުރުމަށް ރައީސް ގޮވާލައްވައިފި އެވެ. މިހާރު ކުރިއަށްދާ ދުބާއީ އެކްސްޕޯ 2020ގައި ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ރަސްމީ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މި އެކްސްޕޯގެ ބޭނުން އެންމެ ފުރިހަމައަށް ހިފަން ޖެހޭ ކަމަށެވެ. އަދި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ބައެއް ގޮންޖެހުންތައް ކަމުގައިވާ ކާނާގެ ދަތިކަމާއި މާލީ ދަތިތައްފަދަ މައްސަލަތައް ހައްލުކުރުމުގައި ދައްކާ ވާހަކަތަކަށްވުރެ އަމަލު ގިނަކުރުމަށް ރައީސް ސާލިހު ގޮވާލެއްވިއެވެ. އަދި […]

ރައީސް ސާލިހު ދުބާއީގައި ކުރިއަށްދާ އެކްސްޕޯ 2020 އަށް ޒިޔާރަތް ކުރައްވައިފި

  ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި ކުރިއަށްގެންދާ އެކްސްޕޯ 2020 އަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.   ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުބާއީ އެކްސްޕޯއަށް ޒިޔާރަތްކުރެއްވުމުން ޔޫއޭއީގެ މިނިސްޓަރ އޮފް ޓޮލަރެންސް އެންޑް ކޯއެކްސިސްޓެންސް، އަދި އެކްސްޕޯ 2020 ދުބާއީގެ ކޮމިޝަނަރ ޖެނެރަލް، ހިޒް އެކްސެލެންސީ ޝެއިޚް ނަހްޔާން މުބާރަކް އަލް ނަހްޔާން ވަނީ މަރުހަބާ ވިދާޅުވެފައެވެ.   ދުބާއީ އެކްސްޕޯއަށް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ކުރެއްވި […]

ޓެކްސީ ޑްރައިވަރަކަށް ވަޅިން ބިރުދައްކައި ފޭރިގެންފި

  ޓެކްސީ ޑްރައިވަރަކަށް ވަޅިން ބިރުދައްކައި ފޭރުނު މައްސަލަ އެއް ފުލުހުން ބަލަން ފަށައިފި އެވެ. ފުލުހުން ބުނީ ޑްރައިވަރަށް ބިރުދައްކާފައިވާ މައްސަލައެއް އެ މުއައްސަސާއަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ  ހޮނިހިރު ދުވަހު ކަމަށް ވެސް ފުލުހުން ބުނެއެވެ. ޑްރައިވަރަށް ބިރުދައްކާފައިވަނީ  މާލޭގެ މަޖީދީ މަގުން ހުޅުމާލެ ދިއުމަށް ޓެކްސީ އަކަށް އެރި ދެ މީހުންކަމަށްވެއެވެ.  އެ ދެމީހުން ވަޅިން ޑްރައިވަރަށް ބިރުދައްކައި އޭނާގެ އަތުން 700 ރުފިޔާ ފޭރިގެންފައިވާކަމަށް ވެއެވެ. މި […]

ލަކުޑި ގުދަނެއްގެ ކައިރީ އަލިފާނުގެ ހާދިސާއެއް ހިނގައިފި

    ކ. ތިލަފުށީގައި ލަކުޑިގުދަނެއްކައިރީގައި ހުރި ކުނިތަކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ތިލަފުށީގައި ހުންނަ ޓިމްބާ ހައުސް ގުދަން ކައިރީގައި ކަމަށާ ރޯވެފައި ވަނީ އެސަރަހައްދުގައި ހުރި ކުނިތަކެއްގައި ކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ 10:05 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދިއެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާރވިސުން އިން ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލްކޮށް މިހާރު ނިއްވާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް […]