ޓުއާ ގައިޑެއްކަމަށް ހެދިގެން ވައްކަން ކުރި މީހާ ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

 

ޓުއާ ގައިޑެއްކަމަށް ހެދިގެން ފަތުރުވެރިއެއްގެ ފައިސާ ވަގަށްނެގިކަމުގެ ތުހުމަތުގައި ފުލުހުން ހޯދަމުން ދިޔަ މީހާ ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ހޯދަމުން ދިޔައީ ބަނގްލަދޭޝް ރައްޔިތެއް ކަށްވާ ތަންވީރު އިސްލާމް (28އ) އެވެ.

ފުލުހުން ބުނީ ތަންވީރު މިހާރު ހައްޔަރުކޮށްފައިވާ ކަމަށާ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު މި މަހުގެ 24 ވަނަ ދުވަހު މާލެއިން ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މީހާ ފައިސާތައް ވަގަށްނަގާފައިވަނީ، ފަތުރުވެރިޔާއާއެކު ގައިޑެއްގެ ގޮތުގައި ހަރަކާތްތެރި ވުމަށްފަހު ފަތުރުވެރިޔާ އާޓިފިޝަލް ބީޗް މޫދަށް އެރުނު ވަގުތު ކަމަށެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް