ލަކުޑި ގުދަނެއްގެ ކައިރީ އަލިފާނުގެ ހާދިސާއެއް ހިނގައިފި

Loading

Facebook
Twitter
WhatsApp

 

 

ކ. ތިލަފުށީގައި ލަކުޑިގުދަނެއްކައިރީގައި ހުރި ކުނިތަކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ތިލަފުށީގައި ހުންނަ ޓިމްބާ ހައުސް ގުދަން ކައިރީގައި ކަމަށާ ރޯވެފައި ވަނީ އެސަރަހައްދުގައި ހުރި ކުނިތަކެއްގައި ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ 10:05 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދިއެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާރވިސުން އިން ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލްކޮށް މިހާރު ނިއްވާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް