ކޮވިޑް ފެސިލިޓީއަކުން ވައްކަން ކުރިމީހަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

 

ކޮވިޑް ފެސިޓީއަކުން ވައްކަން ކުރި މީހަކު ހޯދަން މީހެއްގެ ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.

ވީޑިއޯއިން ފެންނަނީ މަގުމަތީގައި މީހަކު ހިނގާފައިދާ މަންޒަރެވެ. ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއަކީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުގެ ވަގުތެއްގައި މަސްވެރިންގެ ޕާކު ތެރޭގައި ހުރި ކޮވިޑް ފެސިލިޓީން ފޯނެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހޯދަމުންފާ މީހެއްކަމަށެވެ.

ފުލުހުން ބުނީ މިހާތަނަށް ކުރި މައްސައްކަތުން އެއީ ކާކުކަން ދެނެގަނެވިފައި ނުވާތީ އެމީހާ ހޯދިފައި ނުވާކަމަށެވެ.

މިމީހާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ބުނުމަށްފަހު މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ. މި މައްސަލައިގެ އިންސިޑެންޓް ނަންބަރަކީ  497677  ކަމަށްވެސް ފުލުހުން ބުނެއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް