އެމްއެންޕީގެ ޕީޖީ ލީޑަރަކަށް ރިޔާޒު

Loading

Facebook
Twitter
WhatsApp

ސިޔާސީ ޕާޓީއެއްގެ ގޮތުގައި މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) ރައްޔިތުންގެ މަޖިލީހުން ބަލައިގަތުމާއި ގުޅިގެން އެ ޕާޓީގެ ޕީޖީ ގުރޫޕްގެ ލީޑަރަކަށް އަބްދުއްލާ ރިޔާޒު ހަމަޖައްސަވައިފި އެވެ.

އެމްއެންޕީ ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނާފައިވަނީ އިއްޔެއެވެ. އެޕާޓީ ދަފްތަރު ކޮށްފައިވަނީ މަޖިލީހުގެ 3 މެމްބަރުންނާއިއެކުގައެވެ. އެއީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުއްލާ ރިޔާޒު އާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އެވެ.

އެމްއެންޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރަކަށް ރިޔާޒު ހަމަޖެއްސެވިއިރު، ނާއިބު ލީޑަރަކަށް ހަމަޖައްސާފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރ އަޙްމަދު އުޝާމްއެވެ.

 

އެމްއެންޕީގައި ހިމެނޭ މަޖިލިސް މެމްބަރުންގެ އަދަދު ތިނެކަށް ވީއިރު ޖުމުހުރީ ޕާޓީގެ ވެސް ތިއްބަވަނީ ތިން މެންބަރުންނެވެ. މަޖިލީހުގައި ސްޕަމެޖޯރިޓީ އެމްޑީޕީ 65 މެންބަރުން ތިއްބަވާއިރު ޕީޕީއެމް ހަ މެންބަރުންނާއި ޕީއެންސީ ތަމްސީލް ކުރަނީ ތިން މެންބަރުންނެވެ. ދެން ހިމެނެނީ އެމްޑީއޭގެ 2 މެންބަރުންނާއި މިނިވަން ފަސް މެންބަރުންނެވެ.

މަޖިލީހުގެ މެމްބަރުން ބެހިފައިވާގޮތް

އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީގެ ދަފްތަރުގައި މިވަގުތު 11 ސިޔާސީ ޕާޓީއެއް އެކުލެވެއެވެ. މީގެ ތެރެއިން މަޖިލީހުގައި ތަމްސީލް ކުރަމުންދަނީ ސިޔާސީ 6 ޕާޓީއެއްގެ މެމްބަރުންނެވެ.

 

Loading

One Response

  1. ޑިމޮކްރެސީގެ މިލިޓަރީ ވިންގު. ހިޕޮކްރެސީ ފުރިހަމަ ކުރުން. ގިނައިން މަންފާދޭ މީހަކާއިގުޅިގެން ކޯލިޝަން ހެދުން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް