ރައީސް ސާލިހު ދުބާއީގައި ކުރިއަށްދާ އެކްސްޕޯ 2020 އަށް ޒިޔާރަތް ކުރައްވައިފި

Loading

Facebook
Twitter
WhatsApp

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި ކުރިއަށްގެންދާ އެކްސްޕޯ 2020 އަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުބާއީ އެކްސްޕޯއަށް ޒިޔާރަތްކުރެއްވުމުން ޔޫއޭއީގެ މިނިސްޓަރ އޮފް ޓޮލަރެންސް އެންޑް ކޯއެކްސިސްޓެންސް، އަދި އެކްސްޕޯ 2020 ދުބާއީގެ ކޮމިޝަނަރ ޖެނެރަލް، ހިޒް އެކްސެލެންސީ ޝެއިޚް ނަހްޔާން މުބާރަކް އަލް ނަހްޔާން ވަނީ މަރުހަބާ ވިދާޅުވެފައެވެ.

 

ދުބާއީ އެކްސްޕޯއަށް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ކުރެއްވި މި ޒިޔާރަތުގައި، ރާއްޖޭގެ ޝަރަފުގައި އެކްސްޕޯގައި ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ރަސްމީ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރު ފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.  މި ވަފުދުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސް ވެރިންނާއި، ސަރުކާރުގެ އިދާރާތަކުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް