އުތުރު ތިލަފަޅު އެއްބަސްވުމުގެ ބައެއް މައުލޫމާތު ހާމަކުރަން ނިންމައިފި

Loading

Facebook
Twitter
WhatsApp

 

މައްސަލަ ހޫނުވެފައިވާ އުތުރުތިލަފަޅު ނުވަތަ ޔޫޓީއެފް އެއްބަސްވުމުގައި ހުރި ބައެއް މައުލޫމާތުތައް ހާމަކުރަން ޑިފެންސް މިނިސްޓްރީއިން އެއްބަސްވެފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އޮފީހުން ބުނެފިއެވެ.

އުތުރުތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ހެދުމަށް އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ވެވުނު ”ޑިވެލޮޕްމަންޓަ، ސަޕޯޓު، އެންޑް ދަ މައިންޓެނޭންސް އޮފް ދަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހާބާ ސިފަވަރު އެޓް އުތުރުތިލަފަޅު“ އެއްބަސްވުމާއި ގުޅޭގޮތުން  މައުލޫމާތުތަކެއް ހޯދަން ޑިފެންސް މިނިސްޓްރީއަށް ހުށަހެޅީ “ ދިޔަރެސް“ ނޫހުންނެވެ.

އެ ނޫހުން އެދުނު މައުލޫމާތު ޑިފެންސް މިނިސްޓްރީން ދީފައި ނުވާއިރު އެ މައުލޫމާތުތަކަކީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ މައުލޫމާތުތަކެއް ނޫންކަމަށް ނިންމައި، ހަތް ދުވަހުގެ ތެރޭގައި އެ މައުލޫމާތުތައް ހިއްސާކުރަން އިންފޮމޭޝަން ކޮމިޝަނަރު މި މަހުގެ 14 ވަނަ ދުވަހު ޑިފެންސްގެ މައްޗަށް ވަނީ އަމުރު ކޮށްފައެވެ.

އެ އެއްބަސްވުމުގެ  ބައެއް މައުލޫމާތުތައް ހާމަކުރަން ޑިފެންސް މިނިސްޓްރީއިން އެއްބަސްވެފައިވާ ކަމަށްވެސް  އިންފޮމޭޝަން ކޮމިޝަނަރު އޮފީހުން ބުނި ނަމަވެސް މައުލޫމާތު ދޭނީ ކޮންދުވަހެއްގައި ކަމެއް ހާމަކޮށްފައި ނުވެއެވެ.

އިތުރު ތިލަފަޅު އެއްބަސްވުމާ ބެހޭ ބައެއް މައުލޫމާތު ހިއްސަކުރަން ޑިފެންސްން އެއްބަސްވެފައިވާއިރު އިތުރު މައުލޫމާތު ހޯދަން އަނެއްކާވެސް ދިޔަރެސް އިން ވަނީ އެދިފައެވެ.

އުތުރުތިލަފަޅު އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ މައްސަލައެއް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިންވެސް ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިހެން އިނދިކޮޅުން އިއްޔެ ނެރުނު ބަޔާނެއްގައިވެސް ބުނެފައިވަނީ އެއެއްބަސްވުމަކީ ރާއްޖޭގެ ގާނޫނު އަސާސީއާއި ހިލާފް އަދި ރާއްޖޭގެ މިނިވަން ގެއްލޭގޮތަށް ރައްޔިތުންނަށް ވަރަށްބޮޑަށް އޮޅުވާލައިގެން ރާއްޖެ ސަރުކާރުން އިންޑިއާ އާއެކު ވެފައިވާ އެއްބަސް ވުމެއްކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް