ބަޑި ބޭސް ގޮވައި ކުޑަކުއްޖަކާއި ބައްޕަ މަރުވެ ހަށިގަނޑު ކުދިކުދި ވެއްޖެ

    އަވަށްޓެރި އިންޑިއާގައި ބުދުދީނުގެ އަޅުކަމުގެ ދުވަހެއް ފާހަކަ ކުރުމަށް ސައިކަލުގައި ބަޑި ބޭސް ހިފައިގެން ދަނިކޮށް އެ ގޮވައި ދެބަފައިން މަރުވެއްޖެއެވެ.   ނޫސް ރިޕޯޓްތައް ބުނާގޮތުގައި ބުރާސްފަތި ދުވަހު ޓަމިލް ނަޑޫގައި މި ހާދިސާ ހިނގީ އާއިލާގެ އެންމެން އެކީ އަޅުކަމުގެ ދުވަހެއް ފާހަގަކުރަން ބަޑިބޭސް ހިފައިގެން ގެއަށް ދިޔަ މަގުމަތީގައި ކަމަށެވެ.   މިހާދިސާގައި މަރުވީ ހަތް އަހަރުގެ ފިރިހެން ކުއްޖަކާއި އެކުއްޖާގެ ބައްޕައެވެ. ބަޑިބޭސް ގޮވުމާއެކު އެ ދެބަފައިން ވަގުތުން […]

މަޖިލީހުގައި ވާހަކަ ދައްކަން ވަކި ބަހެއް ކަނޑައަޅާފައި ނޯވޭ: އީވާ

  ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަން ވަކި ބަހެއް ކަނޑައަޅައި ނޯންނަކަމަށް މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުއްލާ ވިދާޅުވެއްޖެ އެވެ.   އީވާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ބަޖެޓުގެ ބަހުސްގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުއްލާ ޖާބިރު އިނގިރޭސިބަހުން ވާހަކަ ދެއްކެވުމުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ނިޒާމީ ނުކުތާއެއް ނަންގަވާ ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެންނެވެ. ވަހީދު ވިދާޅުވީ ޖާބިރު ދެއްކެވިވާހަކަފުޅު ފަހުމް ނުވިކަމަށާ އެހެން ބަސްބަހުން […]

ދަރިންގެ ހިތްތަކުގައި އިސްލާމީ އަގީދާ އަށަގެންނެވުމަށް ގަދައަޅާ މަސައްކަތްކުރަން ޖެހޭ: ނައިބު ރައީސް

    މި ދުނިޔެމަތީގައި ލިބޭނެ އެންމެ މަތިވެރި ނިއުމަތަކީ އިސްލާމީ ހިމާޔަތުގެ ނަސީބުކަމަށާއި، ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް ހިނދު ދަރިންގެ ހިތްތަކުގައި އިސްލާމީ އަގީދާ އަށަގެންނެވުމަށް ގަދައަޅާ މަސައްކަތްކުރަން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. އިސްލާމީ މަރުކަޒުގައި އިއްޔެ ބޭއްވި ރާއްޖެ އިސްލާމްވީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް […]

ރައީސްގެ ދެކަނބަލުން ލަންކާއަށް ފުރާވަޑައިގެންފި

  ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ސްރީލަންކާއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ އެގައުމުގައި މިރޭ ފެށުމަށް ހަމަޖެހިފައިވާ ”ޕްރައިމް މިނިސްޓަރ މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021“ ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ. ރާއްޖެއާ ސްރީލަންކާ، ބަންގްލަދޭޝް އަދި ސީޝެލްސް ހިމެނޭގޮތަށް ފަށާ މި މުބާރާތް ފެށުމުގެ ގޮތުން  ކުޅޭ ފުރަތަމަ […]

ކޮންކްރީޓް ބްލޮކެއްގެ ދަށުވެ އެކަކު މަރުވެ، ދެ މީހަކަށް އަނިޔާވެއްޖެ

    ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑް ރިސޯޓްގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ކޮންކްރީޓް ބްލޮކެއްގެ ދަށުވެ ލިބުނު އަނިޔާއިގުޅިގެން މީހަކު މަރުވެއްޖެއެވެ. ފުލުހުން ބުނީ ޕަޓީނާގައި ކޮންކްރީޓް ބްލޮކެއް ދަށުވެ ލިބުނު އަނިޔާތަކާ ގުޅިގެން  މަރުވައި ވަނީ ބިދޭސީއެއް ކަމަށެވެ. އަދި އެ ހާދިސާގައި އަނިޔާ ވުމުގެ ސަބަބުން ދެ ދިވެއްސަކަށް ދަނީ ފަރުވާދެމުންނެވެ. މައުލޫމާތު ލިބޭގޮތުގައި އަނިޔާވި ދިވެހިންގެ ހާލު ސީރިއަސް ނޫން ނެވެ. މި ހާދިސާގައި މަރުވި މީހާ މާލެ ގެނެސް އޭޑީކޭއަށް […]

ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތްތައް މިހާރު ލަހެއް ނޫން: މިނިސްޓަރު ނަހުލާ

  ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތްތައް ލަސްނުވާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. ޓްރާންސްޕޯޓް އޮތޯރިޓީއަކީ ހިދުމަތް ދިނުމުގައި އެންމެ ލަސް ކަމަށް ވިދާޅުވެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައެއް މެމްބަރުން މިއަދު ވަނީ މިނިސްޓަރު ނަހުލާއަށް ގިނަ ސުވާލުތަކެއް ކުރުމަތި ކުރުވައި ވާހަކަފުޅު ދައްކަވާފައެވެ. އގޮތުން މެމްބަރުން ވަނީ ލައިސަންސް ލިބުން ލަސްވުމާއި އުޅަނދުތައް ރަޖިސްޓަރީ ކުރުމުގެ އިތުރުން ކަނޑުދަތުރުގެ އެކިއެކި ހިދުމަތް ލަސްވާކަމަށް ވިދާޅުވެފައެވެ. އަދި މި ކަމުގެ ސަބަބުން […]

ކުޑަ އާބާދީ ރަށްތަކުން މީހުން ބަދަލުކުރުމުގެ ވިސްނުމެއް ނެތް: މިނިސްޓަރު އަސްލަމް

  ކުދި ރަށްތަކުގައި ދިރިއުޅޭ މީހުން އެހެން ރަށްރަށަށް ބަދަލުކުރުމުގެ ވިސްނުން ނުގެންގުޅުއްވާކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި މިއަދު ވަޒީރާއި ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި ރާއްޖޭގެ ކުޑަ އާބާދީތަކުގައި ތިބި ރައްޔިތުން އެހެން ރަށްތަކަށް ބަދަލު ކުރުމުމުގެ ވިސްނުން ގެންގުޅުއްވަންތޯ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުއްލާ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ މިސަރުކާރުން އެއްވެސް ރަށެއްގެ ރައްޔިތުން އެއްރަށުން އަނެއް ރަށަށް ބަދަލު ކުރުމުގެ […]

ހުވަދޫ ކަނޑުގައި ބޯޓެއް ދިޔަވަނީ

    ރާއްޖޭގެ އެންމެ ބޮޑު ކަނޑު، ހުވަދޫ ކަނޑުގައި ބޯޓެއް ދިޔަވަމުންދާ ކަމަށް އެމްއެންޑިއެފް އިން ބުނެފި އެވެ. އެމްއެންޑީއެފްއިން ބުނީ ހުވަދޫ ކަނޑުގައި ދިޔަވަމުންދަނީ ”އަލްމާ“ ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ. އޭގައި ތިބީ ކިތައް މީހުންކަން މިހާތަނަށް އަދި ސާފެއް ނުވެއެވެ.  ބޯޓުގައި ތިބި މީހުންގެ ހާލުވެސް އަދި ސާފެއް ނުވެއެވެ. އެމްއެންޑީއެފްން ބުނީ އެ ބޯޓް ދިޔަވާތީ އެހީވުމަށް  ކޯސްޓްގާޑުގެ ދެކުނު ސްކޮޑްރަނުގެ އުޅަދެއް މިހާރު ފޮނުވާފައިވާކަމަށެވެ. ނަމަވެސް އެ އުޅަނދަށް […]

ރައީސުލް ޖުމުހޫރިއްޔާގެ އަނބިކަނބަލުން މޫދު ކުޅިވަރު ހަރަކާތްތަކެއް ފަށްޓަވައި ދެއްވައިފި

  ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ”ބާރ 2000 ފަރަމަންތާ ޗެލެންޖް 2021“ ނަމުގައި ބާއްވާ މޫދު ކުޅިވަރު ހަރަކާތްތަކެއް ފަށްޓަވައިދެއްވައިފިއެވެ. މިއަދު ހެނދުނު ރަސްފަންނު ބީޗުގައި މި ހަރަކާތްތައް ފަށްޓަވާދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފުރަތަމަ ދަންފަޅީގެ އެކި ގްރޫޕްތަކުން ބައިވެރިވި ފެތުންތެރިންގެ ތެރެއިން އެއްވަނަ ދެވަނަ އަދި ތިންވަނަ ހާސިލުކުރި ޓީމުތަކާއި ފެތުންތެރިންނަށް އިނާމުހަވާލުކޮށްދެއްވާފައެވެ. ބާރ2000 ފަރަމަންތާ ޗެލެންޖް 2021އަކީ އޯޕަން ވޯޓަރ ސްވިމިންގ، ސާފިން އަދި ބޮޑީ ބޯޑިންގ މުބާރާތްތައް ހިމެނޭ ގޮތަށް […]

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރި ފުރަތަމަ މިސްކިތް ހުޅުވައިފި

  ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކުރި ފުރަމަ  މިސްކިތް ”މަސްޖިދް އަމީލް ޖަލީލް“ މިއަދު ހުޅުވައިފިއެވެ. އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ މި މިސްކިތް ހުޅުވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުއްލާއެވެ. ދެ ފަންގިފިލާއަށް 2އިމާރާތްކޮށްފައިވާ މި މިސްކިތަކީ 480 މީހުންގެ ޖާގައިގެ މިސްކިތެއްނަމަވެސް އެތެރޭގެ ޖާގައިގެ އިތުރުން، މިސްކިތުގެ ހަރިއްމަ ތެރޭގައި އިތުރު 650 ވަރަކަށް މީހުންނަށް ނަމާދުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މި މިސްކިތުގައި ނަމާދުކުރުމަށް ފިރިހެނުންގެ އިތުރުން އަންހެނުންނަށް ހާއްސަ ކޮށް ޖާގަ […]