ކޮންކްރީޓް ބްލޮކެއްގެ ދަށުވެ އެކަކު މަރުވެ، ދެ މީހަކަށް އަނިޔާވެއްޖެ

Loading

Facebook
Twitter
WhatsApp

 

 

ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑް ރިސޯޓްގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ކޮންކްރީޓް ބްލޮކެއްގެ ދަށުވެ ލިބުނު އަނިޔާއިގުޅިގެން މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ޕަޓީނާގައި ކޮންކްރީޓް ބްލޮކެއް ދަށުވެ ލިބުނު އަނިޔާތަކާ ގުޅިގެން  މަރުވައި ވަނީ ބިދޭސީއެއް ކަމަށެވެ.

އަދި އެ ހާދިސާގައި އަނިޔާ ވުމުގެ ސަބަބުން ދެ ދިވެއްސަކަށް ދަނީ ފަރުވާދެމުންނެވެ.

މައުލޫމާތު ލިބޭގޮތުގައި އަނިޔާވި ދިވެހިންގެ ހާލު ސީރިއަސް ނޫން ނެވެ.

މި ހާދިސާގައި މަރުވި މީހާ މާލެ ގެނެސް އޭޑީކޭއަށް ގެންދިޔަ ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު އެމީހާ ވަނީ މަރުފައިކަމަށް މައުލޫމާތު ލިބެއެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

ފުލުހުން ބުނީ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އިއްޔެ މެންދުރުފަހު 3:00 ހާއިރު ކަމަށެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ބަލަމުންއަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިއީ ކްރޮސްރޯޑްސް މޯލްޑިވްސްގެ ކޮންސެޕްޓަށް ކ. ރަށްފަޅުހުރާ ފަޅު ތެރޭގައި ތަރައްގީކޮށްފައިވާ މަތީ ފަންތީގެ ތިން ރިސޯޓުގެ ތެރެއިން އެއް ރިސޯޓެވެ.  މި ރިސޯޓަކީ މާލެއިން ސްޕީޑްބޯޓުގައި 45 މިނިޓުން ދެވޭ ހިސާބުގައި އޮތް ރިސޯޓެކެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް