ދަރިންގެ ހިތްތަކުގައި އިސްލާމީ އަގީދާ އަށަގެންނެވުމަށް ގަދައަޅާ މަސައްކަތްކުރަން ޖެހޭ: ނައިބު ރައީސް

Loading

Facebook
Twitter
WhatsApp

 

 

މި ދުނިޔެމަތީގައި ލިބޭނެ އެންމެ މަތިވެރި ނިއުމަތަކީ އިސްލާމީ ހިމާޔަތުގެ ނަސީބުކަމަށާއި، ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް ހިނދު ދަރިންގެ ހިތްތަކުގައި އިސްލާމީ އަގީދާ އަށަގެންނެވުމަށް ގަދައަޅާ މަސައްކަތްކުރަން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އިސްލާމީ މަރުކަޒުގައި އިއްޔެ ބޭއްވި ރާއްޖެ އިސްލާމްވީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަކުރާއިރު އިސްލާމް ދީނުން ލިބިދޭ ފިލާވޅުތަކަށް ވިސްނާ ފިކުރުކުރަންޖެހޭކަމަށާއި، އަދި ދުނިޔެއާއި އާޚިރަތުގެ ނަސީބު ލިބިގަތުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

އަދި އިސްލާމް ދީން ދައްކުވައިދެނީ ސީދާ ވެގެންވާ ތެދުމަގުކަމަށާއި އިސްލާމް ދީނުން އެންމެ އަހަންމިއްޔަތުކަމެއްދޭ ސިފައަކީ ރިވެތި އަހްލާގްކުރިއެރުވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން އެކަކު އަނެކަކަށް އިހްތިރާމްކުރުމާއި، އެހީތެރިވުމާއި، އޯގާތެރިވުމާއި، ނުބައިކަންކަމުން ދުރުހެލިވެ ހެޔޮ އަލަމުކުރުމަށާއި، މުޖުތަމައު ތެރޭގައި އެއްބައިވަންތަކަން އާލާކުރުމަށް އެމަނިކުފާނުވަނީ ގޮވާލައްވާފައެވެ.

މި ޖަލްސާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބަވަނަ ވެފައިވާ ދުނިޔެ އެއްގައި އުޅޭ އިރު ބޭރުގެ އެކި އެކި ފަރާތްތަކުން ދަސްވާ ނޭދެވޭ ކަންކަން ދޫކޮށް އެދެވޭ އަމަލުތަކުގައި ހިފުމަށާއި ދަރިން ތަރުބިއްޔަތުކުރުމުގައި މިފަދަ ކަންކަމަށް އިތުރަށް ސަމާލުކަންދިނުމަށް ގޮވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ހަޔާތުގައި ދިމާވާ ކޮންމެ ކަމަކުން ފިލާވާޅުލިބިގަތުމަށް ވެސް އެދިވަޑައިގެންފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް