ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތްތައް މިހާރު ލަހެއް ނޫން: މިނިސްޓަރު ނަހުލާ

Loading

Facebook
Twitter
WhatsApp

 

ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތްތައް ލަސްނުވާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީއަކީ ހިދުމަތް ދިނުމުގައި އެންމެ ލަސް ކަމަށް ވިދާޅުވެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައެއް މެމްބަރުން މިއަދު ވަނީ މިނިސްޓަރު ނަހުލާއަށް ގިނަ ސުވާލުތަކެއް ކުރުމަތި ކުރުވައި ވާހަކަފުޅު ދައްކަވާފައެވެ.

އގޮތުން މެމްބަރުން ވަނީ ލައިސަންސް ލިބުން ލަސްވުމާއި އުޅަނދުތައް ރަޖިސްޓަރީ ކުރުމުގެ އިތުރުން ކަނޑުދަތުރުގެ އެކިއެކި ހިދުމަތް ލަސްވާކަމަށް ވިދާޅުވެފައެވެ.

އަދި މި ކަމުގެ ސަބަބުން ވިޔަފާރިތަކަށް ބުރޫއަރައި ޓްރާންސްޕޯޓް މިނިސްޓްރީއާ މެދު ރައްޔިތުން ނާއުއްމީދުވެ މާޔޫސްވެފައިވާކަމަށް ވެސް ބައެއް މެންބަރުން ބުނެފައިވެއެވެ.

 

އެއަށްރައްދު ދެއްވައި މިނިސްޓަރު ނަހުލާ ވިދާޅުވީ ޓްރާންސްޕޯޓްގެ ހިދުމަތްތައް ލަސްވާކަމަށް ބުނާއިރު، ލަސްވަނީ ކޮން ހިދުމަތްތަކެއްކަން ސާފުނުވާކަމަށެވެ.

 

އަދި އެކަމަނާ ދެކެވަޑައިގަންނަވާ ގޮތުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތްތައް މިހާރު ލަސް ނުވާ ކަމަށްވެސް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ މިނިސްޓަރުކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މިހާތަނަށް ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަން މަސައްކަތްތަކެއް ކުރައްވައި ކަންކަން އިސްލާހުކޮށް، ބަދަލުކޮށްފައިވާނެކަމަށެވެ.

އަދި ކޮވިޑްގެ ހާލަތުގައިވެސް ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދަން އޮންލައިން ޕޯޓަލްއިން ހިދުމަތްތައް ފޯރުކޮށްދީފައިވާނެ ކަމަށާ، އޮންލައިންކޮށް ހިދުމަތް ހޯދަން އެދުނު 90 ހާހަށްވުރެ ގިނަ މީހުންގެ ތެރެއިން 96 އިންސައްތަ މީހުން ހުށަހެޅި ކަންކަން ނިންމާފައިވާކަމަށެވެ.

ހިދުމަތް ދިނުމުގައި ދަތިތަކެއް ހުރިކަމަށް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެކަން އެދަތިތައް ކުރިމަތިވެފައިވަނީ މުވައްޒަފުންގެ ދަތިކަމާއި ހުރެކަމަށެވެ.

އަދި ހިދުމަތް ދޭން ތިބި މަދު މުވައްޒަފުންނާމެދު ކަމެއް ގޯސް ވިޔަސް ފިޔަވަޅު އެޅެން ނޯންނަކަމަށާއި، ފިޔަވަޅު އަޅައިފިނަމަ މުވައްޒަފުން ވަކިކުރާ މިނިސްޓަރެއްގެ ގޮތުގައި ލޭބަލްވާކަމަށް ވެސް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރ ނަހުލާ ވިދާޅުވީ ޓްރާންސްޕޯޓަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުގައި ދަންނަވާފައިވާނެ ކަމަށެވެ.

އަދި މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ޓްރާންސްޕޯޓު އޮތޯރިޓީގެ ބޯޑުގެ ލަފައާއި އެހީތެރިކަން ނުލިބޭކަމަށެވެ.

އެހެންކަމުން މިއަދުގެ ބައްދަލުވުން ނިންމަވާލެއްވީ ދެން އޮންނަ ބައްދަލުވުމަކަށް ބޯޑުގެ މެމްބަރުން ހާޒިރުކުރާގޮތަށް ފާސްކުރުމަށެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީއާއި ޓްރާންސްޕޯޓް އޮތޯރިޓީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް