ވިހެއުމުގެ ތެރޭ ކޮނޑު ތާށިވެގެން މަރުވި ކުއްޖާގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

    ވިހެއުމުގެ ތެރޭ ކޮނޑުތާށިވެގެން މަރުވި ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަ( އޭއީއެޗް)ން ބުނި ކުއްޖާގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން ބުނީ މިމައްސަލަ ފުލުހަށް ހުށަހަޅާފައިވަނި އެކުއްޖާގެ އާއިލާއިން އިއްޔެގެ ވަގުތެއްކަމަށާ މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. މި ހާދިސާއާ ގުޅިގެން އޭއީއެޗުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ތުއްތު ކުއްޖާ ނިޔާވެފައިވަނީ ވިހެއުމުގެ ތެރޭގައި ކުއްޖާގެ ކޮނޑު ތާށިވެ ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. […]

ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމުކުރާ ބިލު ތަސްދީގު ކުރައްވައިފި

ސިވިލްސާވިސްގައި ނުހިމެނޭ ވަކި ހިދުމަތެއްގެ ގޮތުގައި، ދިވެހި ރާއްޖޭގެ ފޮރިން ސާވިސް ގެ ނަމުގައި ވަކި ހިދުމަތެއް ގާއިމު ކުރަން ހިމަނައިގެން  “ދިވެހި ރާއްޖޭގެ ފޮރިން ސާވިސް”ގެ ނަމުގައި ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ. މި ބިލަކީ  އޮކްޓޫބަރު މަހުގެ 27 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 31 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ. ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނަކީ ދިވެހިރާއްޖޭގެ […]

ކަރަންޓް ބިލަށް ފައިސާ ދައްކާނެ އާ އެޕްލިކޭޝަނެއް ތައާރަފްކޮށްފި

  ކަރަންޓް ބިލަށް ފައިދައްކާނެ އާ އެޕްލިކޭޝަން ”ފެނަކަ ބިލް ޕޭ“ގެ ނަމުގައި ތައާރަފްކޮށްފި އެވެ. ބިލަށް ފައިފައިސާ ދައްކާނެ އާ އެޕްލިކޭޝަން ތައާރަފް ކުރުމަށް ގދ. ފަރެސް މާތޮޑާގައި މިއަދު ބޭއްވި ރަސްމިއްޔާޓުގައި މި އެޕްލިކޭޝަން އިފްތިތާހު ކޮށްދެއްވީ ހައުސިންމިނިސްޓަރު މުހައްމަދު އަސްލަމް އާއި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އެވެ. ފެނަކައިން ބުނީ މި އެޕްލިކޭޝަން ތައާރަފްކުރީ  އެކުންފުނިން ފޯރުކޮށްދޭ ހިދުމތަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދެވޭ ހިދުމަތަކަށް ހަދުމަށް ކުރަމުންއަންނަ މަސައްކަތުގެ ތެރެއިން […]

ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭކަމަށް އެއްބަސްވެއްޖެ

  ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ރާއްޖޭގައި މަތިންދާ ބޯޓް ދުއްވުމަށް ތިބޭކަމަށް އެމްއެންޑީއެފްން އެއްބަސް ވެއްޖެއެވެ. އެމްއެންޑީއެފުން އިންޑިއާ ސިފައިންގެ މައުލޫމާތު ހާމަކުރީ ޑޯނިއާ އޮޕަރޭޓް ކުރުމަށް އިންޑިއާ އާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ މައުލޫމާތު އޮޅުންފިލުވުމަށް ރޭ ޑިފެންސް މިނިސްޓަރު މާރިޔާ އާއި ސިފައިންގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީ އަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ދެއްވި ޖަވާބުދެއްވަމުންނެވެ. އެމްއެންޑީއެފްން ބުނީ ރާއްޖޭގައި ދުއްވާ އިންޑިއާގެ ޑޯނިއާ މަތިންދާ […]

ތިލަފުށީގެ ބިންތައް ގަވާއިދާހިލާފަށް ބޭނުންކުރާނަމަ ފިޔަވަޅު އަޅާނަން: އެޗްޑީސީ

  ކ. ތިލަފުށީގެ ބިން ގަވާއިދާ ހިލާފަށް ބޭނުން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ. އެޗްޑީސީން ބުނީ ތިލަފުށީގެ ބިމަކީ އެކި ވިޔަފާރިތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިންތައް ކަމަށާ އެރަށުން ވަގުތީ އަދި ދާއިމީ ގޮތެއްގައި ވެސް ބިން ދޫކުރަނީ އެ ވިޔަފާރިއަކާއި އެޗްޑީސީއާ ދެމެދު ހަދާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އެޗްޑީސީން ބުނާގޮތުގައި އެ ކޯޕަރޭޝަނާ އެކުވާ އެއްބަސްވުމާ ހިލާފަށް ބައެއް ފަރާތްތަކުން އަންނަނީ އަމަލުކުރަމުންނެވެ. އަދި އެފަރާތްތަކުން އެއްބަސްވުމާއި […]

ޑައިވިންގައި ޑީކޯވާ މީހުންނަށް ފަރުވާދޭ ޗެމްބާ އެއް ކަނޑިންމައިގައި ގާއިމް ކޮށްފި

    ފީނުމުގެ ތެރޭގައި ޑައިވިން ޑިކޮމްޕްރެޝަން ސިކްނެސް، (ޑީކޯ)ވާ މީހުންނަށް ފަރުވާ ދޭ ޑިކޮމްޕްރެޝަން ޗެމްބަރެއް ދ އަތޮޅުގެ ކަނޑިންމަ މޯލްޑިވްސް ރިސޯޓްގައިގާއިމްކޮށްފިއެވެ. މިއީ ޑީކޯވާ ފަރާތްތަކަށް ހާއްސަކޮށްގެން މާލޭގެ ދެކުނުގައި ގާއިމުކުރި ފުރަތަމަ ޗެމްބާއެވެ. ކަޑިންމަ ރިސޯޓުން ބުނީ އެ ރިސޯޓްގައި ގާއިމުކުރި މިޗެމްބަރަކީ އެސަރަހައްދުގެ އެހެން އަތޮޅުތަކުގެ ރައްޔިތުންނަށްވެސް އަދި ރިސޯޓުގެ ގެސްޓުންނާއި މުވައްޒަފުންނަށް ވަރަށް ފައިދާ ކުރުވަނިވި ތަނެއްކަމަށް ވެގެންދާނެ ކަމަށެވެ. އަދި އެ ޑިކޮމްޕްރެޝަން ޗެމްބަރު އޮޕަރޭޓު ކުރާނީ މިކަމުގެ […]

ދެކުނާއި އުތުރުގައި ހުރި ހައިކޯޓްގެ ދެ ގޮފި އުވާލުމަށް ހުށަހަޅައިފި

    ރާއްޖޭގެ ދެކުނާއި އުތުރުގައި ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެ ގޮފި އުވާލުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހަތަރު ބިލެއް ހުށަހެޅުމަށް އެޓާނީ ޖެނަރަލް (އޭޖީ) އޮފީހުން ރައީސް އޮފީހަށް މިއަދު ފޮނުވާފައިވާއިރު އޭގެ ތެރޭގައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ވެސް ހިމެނެއެވެ. އެގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކޮށްފައިވާ ހައިކޯޓުގެ ގޮފިތައް އުވާލުމަށާއި ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އެނޫންވެސް އިސްލާހު […]

ރައީސް ނަޝީދު ހޮޓަލުގައި ހުންނެވުމަށް ހަތްލައްކަ އެއްހާ ރުފިޔާ ދައުލަތުން ހަރަދުކޮށްފި

  ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު  ހޮޓެލް ޖެން ގައި ހުންނެވުމަށް ދައުލަތުން ގާތްގަޑަކަށް ހަތް ލައްކައެއްހާ ރުފިޔާ މިހާތަނަށް ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ. ފިނޭންސް މިނިސްޓްރީން ބުނީ ރައީސް ނަޝީދު ހޮޓެލް ޖެންގައި ހުންނަވާތާ މިހާރު 21 ދުވަސްވެފައިވާ އިރު އެކަމަށް 698،168 ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ. އެއީ ދުވަހެއްގެ މަށްޗަށް 33،246 ރުފިޔާ އެވެ. ރައީސް ނަޝީދު ހޮޓަލުގައި އުޅުއްވަނީ މެއި ހައެއްގައި އެމަނިކުފާނަށް އަމާޒުކޮށް ދިން […]

އިންޑިއާއިން ދީފައިވާ މަތިންދާ ބޯޓް ދުއްވުމުގެ ހުއްދަ ދިވެހިންނަށް ދީފި

  ސިފައިންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަމުން އަންނަ އިންޑިއާއިން ރާއްޖެ ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާބޯޓު ދުއްވުމުގެ ހުއްދަ ދިވެހި ޕައިލެޓުންނަށް ދީފި އެވެ. މިއީ މި މަތިންދާބޯޓު ދުއްވުމުގެ ހުއްދަ ސިފައިންނަށް ލިބުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިމަތިންދާބޯޑު ދުއްވަމުންދިޔައީ އިންޑިއާގެ ސިފައިންނެވެ. މަތިންދާބޯޓު ދުއްވުމުގެ ހުއްދަ ލިބިފައިވަނީ ސިފައިންގެ ދެ ޕައިލެޓަކަށެވެ. އެއީ  ފަސްޓް ލެފްޓިނެންޓް އިބްރާހިމް ޝަރީފާއި ލެފްޓިނެންޓް އަހްމަދު އަލީ އެވެ. އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި   މި މަތިންދާބޯޓުތައް ދެން ދުއްވާނީ ހުއްދަލިބުނު […]

ވެލާގެ “ ފެހިކުރަމާ“ ޕްރޮގްރާމް ފަށައިފި

  ވެލާ އައިލެންޑް ރިސޯޓުން  ”ފެހިކުރަމާ“ ނަމުގައި ކުނީގެ މައްސަލަ ހައްލުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. ނ.އަތޮޅުގައި މި ޕްރޮގްރާމް އިއްޔެ އިފްތިތާހު ކޮށްފައިވާއިރު ވެލާއިން ބުނީ މިއީ ވެލާ ރިސޯޓުގެ އިޖުތިމާއީ ޒިންމާގެ ދަށުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާ މި މިޕްރޮގްރާމްގެ ދަށުން ކުނި އުފައްދާ މިންވަރު މަދުކުރުމަށް ބާރުއަޅައި ތިމާވެއްޓާ ރައްޓެހި މާހައުލެއް ގާއިމު ކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ. ފެހިކުރަމާ ޕްރްގްރާމްގެ ދަށުން ސްކޫލް ކުދިންނާއި އާއްމުން ހޭލުންތެރިކުރުމަށް […]