ޑައިވިންގައި ޑީކޯވާ މީހުންނަށް ފަރުވާދޭ ޗެމްބާ އެއް ކަނޑިންމައިގައި ގާއިމް ކޮށްފި

Loading

Facebook
Twitter
WhatsApp

 

 

ފީނުމުގެ ތެރޭގައި ޑައިވިން ޑިކޮމްޕްރެޝަން ސިކްނެސް، (ޑީކޯ)ވާ މީހުންނަށް ފަރުވާ ދޭ ޑިކޮމްޕްރެޝަން ޗެމްބަރެއް ދ އަތޮޅުގެ ކަނޑިންމަ މޯލްޑިވްސް ރިސޯޓްގައިގާއިމްކޮށްފިއެވެ.

މިއީ ޑީކޯވާ ފަރާތްތަކަށް ހާއްސަކޮށްގެން މާލޭގެ ދެކުނުގައި ގާއިމުކުރި ފުރަތަމަ ޗެމްބާއެވެ.

ކަޑިންމަ ރިސޯޓުން ބުނީ އެ ރިސޯޓްގައި ގާއިމުކުރި މިޗެމްބަރަކީ އެސަރަހައްދުގެ އެހެން އަތޮޅުތަކުގެ ރައްޔިތުންނަށްވެސް އަދި ރިސޯޓުގެ ގެސްޓުންނާއި މުވައްޒަފުންނަށް ވަރަށް ފައިދާ ކުރުވަނިވި ތަނެއްކަމަށް ވެގެންދާނެ ކަމަށެވެ. އަދި އެ ޑިކޮމްޕްރެޝަން ޗެމްބަރު އޮޕަރޭޓު ކުރާނީ މިކަމުގެ ތަޖުރިބާ ހުރި ފަރާތެއްކަމަށް ވެސް އެ ރިސޯޓުން ބުނެއެވެ.

ކަޑިންމައިން ބުނީ މި ޗެމްބާގެ ހިދުމަތް ހޯދާ ފަރާތްތަކަށް ފައިސާ ދެއްކުމުގައި އިންޝުއަރެންސު ބޭނުން ކުރެވޭނެ ކަމަށާ އަދި އެންސްޕާއިން ފައިސާދެއްކޭނެ ކަމަށް ވެސް އެ ރިސޯޓުން ހާމަކުރެއެވެ.

ކަނޑިންމަ ރިސޯޓުގެ ކްލިނިކުގައި ބަހައްޓާފައިވާ މި ޗެމްބާ އާ އެކީ ރާއްޖޭގައި މިހާރު ބޭނުން ކުރަމުން އަންނަނީ މުޅިއެކު ހަތަރު ޗެމްބާއެވެ.

ޑީކޯވުމަށް މެދުވެރިވަނީ ފީނަން ގޮސް އުޅުމުގެތެރޭ، މާ އަވަހަށް މައްޗަށް އެރުމުންނެވެ. މީގެ ސަބަބުން އޮކްސިޖަން ދައުރު ވުމުގައި މައްސަލަތައް ދިމާވެ ހަށިގަނޑުގައި ގޭސް ބޮކިތަކެއް އުފެދެއެވެ. މި ގޭސް ބޮކިތަކުގެ ސަބަބުން ސްޓްރޯކު ޖެހުމާއި ގޭސް އެމްބޮލިޒަމް ފަދަ ކަންކަން ދިމާވެއެވެ.

ޑީކޯވާ ބަލިމީހާގެ ނޭވާލުން ރަނގަޅުކޮށް ނޭވާ ހޮޅީގައި އުފެދޭ ގޭސް ބޮކިތައް ނައްތައިލުމަށް ޑީކޮމްޕްރެޝަން ޗެމްބަރުން އެހީދެވެއެވެ.

ފީނަން އުޅުމުގެ ތެރެއިން މަސްވެރިންގެ އިތުރުން ފަތުރުވެރިންވެސް ޑީކޯވެފައިވާއިރު، ދޭން ޖެހޭ އަވަސް ފަރުވާ ނުދެވުމުގެ ސަބަބުން ބައެއް ފަރާތްތަކުގެ ފުރާނަވެސް ގެއްލެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް