ކަރަންޓް ބިލަށް ފައިސާ ދައްކާނެ އާ އެޕްލިކޭޝަނެއް ތައާރަފްކޮށްފި

Loading

Facebook
Twitter
WhatsApp

 

ކަރަންޓް ބިލަށް ފައިދައްކާނެ އާ އެޕްލިކޭޝަން ”ފެނަކަ ބިލް ޕޭ“ގެ ނަމުގައި ތައާރަފްކޮށްފި އެވެ.

ބިލަށް ފައިފައިސާ ދައްކާނެ އާ އެޕްލިކޭޝަން ތައާރަފް ކުރުމަށް ގދ. ފަރެސް މާތޮޑާގައި މިއަދު ބޭއްވި ރަސްމިއްޔާޓުގައި މި އެޕްލިކޭޝަން އިފްތިތާހު ކޮށްދެއްވީ ހައުސިންމިނިސްޓަރު މުހައްމަދު އަސްލަމް އާއި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އެވެ.

ފެނަކައިން ބުނީ މި އެޕްލިކޭޝަން ތައާރަފްކުރީ  އެކުންފުނިން ފޯރުކޮށްދޭ ހިދުމތަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދެވޭ ހިދުމަތަކަށް ހަދުމަށް ކުރަމުންއަންނަ މަސައްކަތުގެ ތެރެއިން ކަމަށާ މި އެޕްލިކޭޝަނުގެ ސަބަބުން އެކުންފުނިން ހިދުމަތް ހޯދަމުންއަންނަ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން އެކުންފުނީގެ ބިލް ޕޭ މެދުވެރިކޮށް ރީޑިން ނެގުމާއެކު ބިލަށް އަރާވަރު ވަގުތުން އެނގޭނެ ކަމަށާއި އެއާއެކު އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ފައިސާދެއްކޭނެކަމަށެވެ.

އަދި މި އެޕްލިކޭޝަނުގެ ސަބަބުން ބިލުގައި ދިމާވާ މައްސަލަތައް ފަސޭހަ ކަމާއެކު ދެނެގަނެވި މައްސަލަ ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅޭނެކަމަށް ވެސް އެކުންފުނިން ބުނެއެވެ.

އަދި ބިލަށް އަރާވަރުގެ ތަފްސީލު އެނގޭނެ މި އެޕްލިކޭޝަނުގެ ސަބަބުން  އެކުންފުނިން ކުރަމުން އައި ހަރަދު ކުޑަކުރެވޭނެ ކަމަށާ އަދި  މި ހިދުމަތުގެ ސަބަބުން އެކުންފުނީގެމުވައްޒަފުންނަށް ވެސް ލުއިފަސޭހަ ތަކެއް ލިބިގެންދާނެކަމަށް ވެސް ފެނަކައިން ބުނެއެވެ.

ފެނަކައިން ރާއްޖޭގެ 160އަށްވުރެ ގިނަ ރަށްރަށުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް