އިންޑިއާއިން ދީފައިވާ މަތިންދާ ބޯޓް ދުއްވުމުގެ ހުއްދަ ދިވެހިންނަށް ދީފި

Loading

Facebook
Twitter
WhatsApp

 

ސިފައިންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަމުން އަންނަ އިންޑިއާއިން ރާއްޖެ ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާބޯޓު ދުއްވުމުގެ ހުއްދަ ދިވެހި ޕައިލެޓުންނަށް ދީފި އެވެ.

މިއީ މި މަތިންދާބޯޓު ދުއްވުމުގެ ހުއްދަ ސިފައިންނަށް ލިބުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިމަތިންދާބޯޑު ދުއްވަމުންދިޔައީ އިންޑިއާގެ ސިފައިންނެވެ.
މަތިންދާބޯޓު ދުއްވުމުގެ ހުއްދަ ލިބިފައިވަނީ ސިފައިންގެ ދެ ޕައިލެޓަކަށެވެ. އެއީ  ފަސްޓް ލެފްޓިނެންޓް އިބްރާހިމް ޝަރީފާއި ލެފްޓިނެންޓް އަހްމަދު އަލީ އެވެ.

އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި   މި މަތިންދާބޯޓުތައް ދެން ދުއްވާނީ ހުއްދަލިބުނު ދެ ޕައިލެޓުންނެވެ.

މި އެއާކްރާފްޓް ދުއްވަން ދިވެހިންނަށް ހުއްދަ ދީފައި މިވަނީ މި އުޅަދު ދުއްވަން ދިވެހިންނާ ހާވާލުނުކޮށް އިންޑިއާ ސިފައިން އެ ދުއްވާތީ އިދިކޮޅުގެ ގިނަ ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވެފައި ވަނިކޮށެވެ.

ޑޯނިއާ އެއާކްރާފްޓް ދިވެހި ޕައިލެޓުން ދުއްވި ނަމަވެސް ސިފައިން ބޭނުންކުރާ ހެލިކޮޕްޓަރުތައް ދުއްވަން އަދި ދިވެހިންނާ ހަވާލުކޮށްފައި ނުވެއެވެ. އެ ހެލިކަޕްޓަރުތައް ދުއްވަނީ އަދިވެސް އިންޑިއާ ސިފައިންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް