ރައީސް ނަޝީދު ހޮޓަލުގައި ހުންނެވުމަށް ހަތްލައްކަ އެއްހާ ރުފިޔާ ދައުލަތުން ހަރަދުކޮށްފި

Loading

Facebook
Twitter
WhatsApp

 

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު  ހޮޓެލް ޖެން ގައި ހުންނެވުމަށް ދައުލަތުން ގާތްގަޑަކަށް ހަތް ލައްކައެއްހާ ރުފިޔާ މިހާތަނަށް ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ރައީސް ނަޝީދު ހޮޓެލް ޖެންގައި ހުންނަވާތާ މިހާރު 21 ދުވަސްވެފައިވާ އިރު އެކަމަށް 698،168 ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ. އެއީ ދުވަހެއްގެ މަށްޗަށް 33،246 ރުފިޔާ އެވެ.

ރައީސް ނަޝީދު ހޮޓަލުގައި އުޅުއްވަނީ މެއި ހައެއްގައި އެމަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއިން ލިބުނު އަނިޔާތަކަށް ބޭރުން ފަރުވާ ހޯއްދެވުމަށް ފަހު ރާއްޖެ ވަޑައިގެން ރައްކާތެރި ތަނެއްގައި ހުންނެވުމުގެ ގޮތުންނެވެ.

ފިނޭންސްން ހާމަކުރި މައުލޫމާތަށް ބަލާއިރު ހޮޓެލް ޖެންގެ އިތުރުން ވެސް ރައީސް ނަޝީދަށް ދައުލަތުން ވަނީ ބޮޑެތި ހަރަދުތަކެއް ކޮށްފައެވެ. އެގޮތުން ޖަރުމަންވިލާތާއި އިނގިރޭސިވިލާތުގައި ނަޝީދުގެ ބޭސް ފަރުވާއަށް 1.6 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.

އެހެންކަމުން ރައީސް ނަޝީދުގެ ބޭސް ފަރުވާއަށާއި ޖެންގައި ހުންނެވުމަށް މިހާތަނަށް ހޭދަކޮށްފައިވާ އަދަދު މިހާރު 2.4 މިލިއަނަށް އަރައެވެ.
ރައީސް ނަޝީދު ވިދާޅުވީ އޭނާ ހޮޓެލް ޖެންގައި އުޅުއްވަނީ ޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ދިރިއުޅުއްވުމަށް ދައުލަތުން ހަމަޖައްސާފައިވާ މ. މުރައިދޫގެ މަރާމާތުކޮށް ނިމެންދެންނެވެ.

ރައީސް ނަޝީދު ކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ސްކޮޓްލެންޑަށް ވަޑައިގެންނެވި ގޮތަށް އަދި ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.

Loading

One Response

  1. ޤައުމުގެ ދަރަނި ބޮޑުވެ, އިގްތިސޯދު ހީރަނުވެ, އެތަށް ވަޒީފާގެ ފުރުސަތުތަކެއް ހިފެހެއްޓިފައިވާ ޙާލަތުގައި ވަނިކޮށް, ޤައުމަށް ހެޔޮއެދޭ ރައްޔިތަކު, ރައްޔިތުންގެ ބައިތުލްމާލު މިވަރުގެ ބޮޑު އިސްރާފެއް ނުކުރާނެކަން ޔަޤީން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް