މަސްވެރިން އިހުތިޖާޖުކުރަން ނިންމައިފި

      ރާއްޖޭގެ މަސްވެރިން އިހުތިޖާޖެއް ކުރަން ނިންމައިފިއެވެ.   އިހުތިޖާޖު އިންތިޒާމްކުރި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ މި އިހުތިޖާޖަކީ އެ މި އިހުތިޖާޖުގެ ކުރަން ނިންމީ މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާއެކު އެ ކަންބޮޑުވުންތައް ހާމަކޮށް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަން ގެނައުމަށް ކަމަށެވެ.   އެގތުން އެންމެ ބޮޑު ކަންބޮޑުވުމަކީ މަސްވެރިންނަށް ހަމައަގު ނުލިބުން ކަމަށް ވެސް އެ ޔޫނިއަނުން ބުނއެވެ.   މަސްވެރިންގެ ޔޫނިއަނުން ބުނީ މި އިހުތިޖާޖު ކުރިއަށްގެންދަން ނިންމާފައިވަނީ […]

ކައުންސިލްތައް އޮޑިޓްކުރުމަށް އޮޑިޓް ފާމްތަކާ ހަވާލުކޮށްފި

  ކައުންސިލްތައް އޮޑިޓްކުރުމަށް އަމިއްލަ ގޮތުން ހިންގާ އޮޑިޓް ފާމްތަކާ ހަވާލުކޮށްފިއެވެ. ކައުންސިލްތައް އޮޑިޓް ކުރުމަށް އޮޑިޓް ފާމް ތަކާ ހަވާލުކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރުމަށް އޮޑިޓް އޮފީހުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ދިވެހި އަށް އޮޑިޓް ފާމަކާ އެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ ކައުންސިލްތައް އޮޑިޓް ކުރުމަށްޓަކައި ދިވެހި އޮޑިޓް ފާމްތަކާ ހަވާލު ކުރުމުގެ އެންމެބޮޑު […]

ހިދުމަތްތެރި ކެޔޮޅު އެވޯޑަށް އެދުމުގެ ފުރުސަތު އިތުރުކޮށްފި

  މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މާލެ އަތޮޅުން ހޮވާ އެންމެ ހިދުމަތްތެރި ކެޔޮޅުގެ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ ހިދުމަތްތެރި ކެޔޮޅަކަށް ވުމަށް އެދި ކުރިމަތި ލެވޭނީ މަސްވެރިކަމުގައި އަމަލީ ގޮތުން އުޅޭ އަދި މަސްވެރިކަން ފިޔަވާ އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ ފަރާތްތަކަށް ކަމަށެވެ. އަދި އެމީހަކީ އުމުރުން 35 އަހަރުން ދަށް މީހެއްކަމަށް ވާންޖެހޭނެ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް […]

ޕާކިސްތާން ފުލުހަކު އޭނާގެ ދަރިން ވިއްކާލުމަށް މަގުމަތީގައި

    ޕާކިސްތާނުގެ ފުލުހަކު މަގެއްގެ މަތީގައި އޭނާގެ ދަރިން ވިއްކާލުމަށް މަސައްކަތް ކޮށްފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ ފުލުސް މީހާ އޭނާގެ ދެ ފިރިހެން ދަރިން ވިއްކާލުމަށް މަސައްކަތްކުރީ ރިޝްވަތުގެ ގޮތުގައި އޭނާގެ މަށްޗަށް ތިބި މީހުންނަށް ދޭންޖެހޭ ފައިސާއެއް އޭނާ އަށް ނުދެވުމުންނެވެ. ފުލުސް މީހާ ދަރިން ވިއްކުމަށް ގޮވާލާ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ވާނުވާނޭގިފައިވާ ދެ ކުދިން އޭނާގެ ކައިރީގައި ތިބި އިރު ފަހަރަކު ކުއްޖަކު […]

ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައިވާ އިންޑިއާގެ “ ނެޓް ޒީރޯ“ އަމާޒަށް ރައީސް ސާލިހު ތައުރީފް ކުރައްވައިފި

    ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައިވާ އިންޑިއާގެ “ ނެޓް ޒީރޯ“ އަމާޒަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ތައުރީފް ކުރައްވައި ވާހަގަފުޅު ދައްކަވައިފި އެވެ. އިންޑިއާގެ ނެޓް ޒީރޯ އަމާޒަށް ތައުރީފްކުރައްވައި ރައީސް ވާހަކަފުޅު ދެއްކެވީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާ އާ ސަފީރު، ހިޒް އެކްސަލަންސީ މުނު މަހާވަރް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އަށް އެރުއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް އޮފީހުން ބުނީ އިންޑިއާ އާ […]

އިންޑިއާގެ އާ ސަފީރު ރައީސުލް ޖުމްހޫރިއްޔާއަށް ފަތްކޮޅު އަރުވައިފި

    އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާ އާ ސަފީރު، ހިޒް އެކްސަލަންސީ މުނު މަހާވަރް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް މިއަދު އަރުވައިފިއެވެ. ރައީސް އޮފީހުން ބުނީ އިންޑިއާ ސަފީރުގެ ފަތްކޮޅު އެރުއްވުން އޮތީ  މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާރެއްގައި ކަމަށެވެ. އަދި މި ރަސްމިއްޔާތުގައި އިންޑިއާގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދެއްކަވައިފައި ކަމަށް ވެސް […]

ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

  ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް) އިން ހިންގަމުންއަންނަ “އަހަރެންގެ ބޭންކް” ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ ބޭންކުން ހުޅުވާލައިފިއެވެ. ބީއެމްއެލް އިން ބުނީ ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ މި ފަންޑަށް މިއަހަރުގެ ހަތަރުވަނަ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް  ޕްރޮޕޯސަލް ހޮވުމަށް ހަމަޖައްސާފައިވާކަމަށެވެ ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް ވަނީ ހުޅުވާލާފައެވެ. އޭގެތެރޭގައި […]

ނަފްރަތު ބިލު ފާސްކޮށްފި

  އާއްމު ތަނެއްގައި ވަކިމީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅުމީހެއްކަމަށް ބުނެ ތުހުމަތުކުރުން ފަދަ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު  މަޖިލީހުން ފާސްކޮށްފި އެވެ   ޖުޑިޝަރީ ކޮމިޓީން ދިރާސާކުރުމަށްފަހު ކޮމިޓީން ބިލު ހުށަހަޅައިފައިވަނީ ގާނޫނުލް އުގޫބާތަށް ގެންނަން ފެންނަކަމަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި ހުށަހެޅި އިސްލާހާ އެއްކޮށްލުމަށްފަހުގައެވެ. ކޮމިޓީން އެ ދެ ބިލު ދިރާސާކޮށް ނިންމި ގޮތަށް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ […]

މިޕްކޯއިން މަސައްކަތު ހުނަރު ދަސްކޮށްދޭ ޕްރޮގްރާމެއްފަށަނީ

  މަސައްކަތު ހުނަރު ދަސްކޮށްދޭ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ން ހުޅުވާލައިފިއެވެ. މިފްކޯއިން ބުނީ މި ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި އަމަލީގޮތުން އުޅެމުން ސެޓްފިކެޓުތަށް ހާސިލްކުރުމުގެ ފުރުސަތު ލިބޭ ޕްރޮގްރާމެއްކަމަށެވެ. އެގޮތުން މި ޕްގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ސެޓްފިކެޓް ލެވެލް ތިނެއްގެ ސެޓްފިކެޓް ހާސިލު ކުރެވޭނެކަމަށްވެސް މިފްކޯއިން ބުނެއެވެ. ހަ މަސް ދުވަހުގެ މި ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް ކޮންމެ މަހަކު 3000 ރުފިޔާގެ އެލަވަންސްއެއް ދިނުމަށް ވަނީ ނިންމާފައެވެ.   […]

އައު އޮއިވާލި ކަނދުފައްޗެއް އައްޑޫ ސިޓީ ސަރަހައްދުގައި ހަރުކޮށްފި

  އައްޑޫ ސިޓީ ސަރަހައްދުގައި ކަނޑައިގެން ގޮސްފައިވާ އޮއިވާލި ކަނދުފައްޗެއް ފިޝަރީޒް މިނިސްޓްރީން އަލުން ހަރުކޮށްފިއެވެ. ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަނޑައިގެންދިޔަ އައްޑޫ ސިޓީ މަރަދޫ މަސްކަނދުފަތީގެ ބަދަލުގައި އައު ކަނދުފައްޗެއް އަޅާފައިވާކަމަށާ ކަނދުފަތި އަޅާފައިވަނީ ކުރިންވެސް ކަނދު ކުރިންވެސް އޮތްތަނުގައި ކަމަށެވެ. “ ކަނޑައިގެންދިޔަ ސ. މަރަދޫ މަސްކަނޑުފަތީގެ ބަދަލުގައި އައު ކަނދުފައްޗެއް ސ. ވިލިނގިލީ އިރުން 15 މޭލު ބޭރުގައި މިއަދު އަޅައިފިއެވެ. މިއީ […]