ޝަރީފްގެ ރައްދު ރައީސް ޔާމިނަށް: ތަންދޮރު ނުދަންނަ ޖާހިލެއްހެން ހިތަށް އެރިހާ އެއްޗެއް ކިޔުމަކީ ރައީސެއް ކުރަން ރީތި ކަމެއްނޫން

    ތަންދޮރު ނުދަންނަ ޖާހިލެއްހެން ހިތަށް އެރިހާ އެއްޗެއް ކިއުމަކީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ކުރަން މާރީތި ކަމެއް ނޫން ކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ކުރިން ހުންނެވި އަހުމަދު ޝަރީފް އާދަމު ރައީސް އަބްދުއްލާ ޔާމިނަށް ވަރުގަ ރައްދެއް ދެއްވައިފިއެވެ. ރައީސް  ޔާމިނަށް ރައްދު ދެއްވައި ޝަރީފް މިއަދު ވަނީ ވަރުގަދަ ޓްވީޓްތަކެއް ކުރައްވާފައެވެ. “ ރައްޔިތުން އެންމެން ކުރިމަތީ ވޯޓްލައި ވޯޓް ގުނާ ސާފް ވޯޓަކުން ބަލިވީމާ ބަލި ގަބޫލުނުކޮށް ޕޯޑިއަމަށް […]

ރައީސް އެމެރިކާގެ ރައީސް އިމްތިޒާމްކުރެއްވި ސަމިޓެއްގައި ބައިވެރިވެވަޑައިގަންނަވައިފި

    ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޒާމްކުރައްވައިގެން ވަރޗުއަލްކޮށް ކުރިޔަށްގެންދެވި ”ސަމިޓް ފޮރ ޑިމޮކްރަސީ“ ގައި ބައިވެރިވެވަޑައިގެންފިއެވެ. ވައިޓްހައުސް އިން ވަރޗުއަލްކޮށް ބާއްވަވާ މި ހަރަކާތުގައި ގައުމުތަކުގެ ވެރިންނާ، އެންމެ އިސް ލީޑަރުންގެ އިތުރުން މަދަނީ ޖަމުއިއްޔާ ޖަމާއަތްތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ސަމިޓުން ހާސިލުކުރަން ބޭނުންވާ އަމާޒުތަކަކީ ޑިމޮކްރަސީ ހަރުދަނާކުރުމާއި، އަނިޔާވެރިކަން ހުއްޓުވުމާއި، ކޮރަޕްޝަން ނައްތާލުމާއި އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުމަށް ބާރުއެޅުމާއި، ދުނިޔޭގައި ޑިމޮކްރަސީ ކުރިއެރުވުމަށް […]

ސަރުކާރުގެ ހުރިހާ އިދާރާއެއްގައި ފަތުރުވެރިކަމުގެ ލޯގޯ ބޭނުންކުރަން އަންގައިފި

    ސަރުކާރުގެ ހުރިހާ އިދާރާއެއްގައި ”2022: ފަތުރުވެރިކަމުގެ ރަން އަހަރު“ގެ ލޯގޯ ބޭނުންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ހަމަޖައްސަވައިފިއެވެ. ރައީސް އޮފީހުން ބުނީ  ސަރުކާރު އިދާރާތަކުގައި ފަތުރުވެރިކަމުގެ ލޯގޯ ބޭނުން ކުރަން ނިންމީ ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަން ޔޫބީލް އަހަރު ފާހަގަކުރުމުގެ ގޮތުން ކަމަށެވެ. އެގޮތުން އަންނަ އަހަރު 1 ޖަނަވަރީ ”2022: ފަތުރުވެރިކަމުގެ ރަން އަހަރު“ ގެ ލޯގޯ ސަރުކާރުގެ ހުރިހާ އިދާރާއެއްގެ ރަސްމީ ލެޓަރ ހެޑާއި އީމެއިލް ފުޓަރގައި ބޭނުންކުރުމަށް […]

ހދ އަތޮޅު ކައުންސިލުން މަސްވެރިންގެ ދުވަހާއި ގުޅިގެން އަތޮޅުގެ ރަށްތަކަށް ފައިސާގެ އެހީވާން ނިންމައިފި

  މަސްވެރިންގެ ދުވަހާއި ގުޅިގެން ހދ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ރަށްތަކަށް ފައިސާގެ އެހީ ވާން ނިންމައިފިއެވެ. ހދ. އަތޮޅު ކައުންސިލުން ބުނީ މަސްވެރިންގެ ދުވަހާއި ގުޅިގެން ރަށްތަކަށް ފައިސާގެ އެހީތެރިކަމެއް ދޭންނިންމީ ދުވަސްވަރުގެ ހާލަަތަށް ބަލާއިރު މަސްވެރިންގެ ދުވަހާއި ގުޅިގެން ބޮޑު ހަރަކާތެއް ބޭއްވެން ނެތުމުން ރަށު ފެންވަރުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އަތޮޅުގެ ކޮންމެ ރަށަކަށް ދިހާ ހާސް ރުފިޔާ ދިނުމަށް […]

ގޭސް ފުޅިއެއް ގޮވައި ޓީޗަރަކު ފިހިއްޖެ

    ހދ. ވައިކަރަދޫގައި ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެރަށު ސުކޫލުގެ ބިދޭސީ ޓީޗަރަކު މިއަދު ފިހިއްޖެ އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މި އަލިފާނުގެ ހާދިސާގައި އަނިޔާވެފައިވަނީ ސްކޫލުގައި އިނގިރޭސި ކިޔަވައިދޭ އިންޑިއާ ފިރިހެން ޓީޗަރަކަށެވެ. މި ހާދިސާގައި ޓީޗަރަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފައެވެ. އެގޮތުން އޭނާގެ މޫނާއި ދެއަތް ވަނީ ވަރަށް ބޮޑަށް ފިހިފައިވާއިރު ގައިގެ އެހެން ބައެއް ތަންތަނަށް ވެސް އަނިޔާ ވެފައިވާ ކަމަށް ވެއެވެ. އަނިޔާވި ޓީޗަރަށް މިހާރު […]

  ޖަސްޓިން ބީބާ ރާއްޖޭގައި

  ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އާއި އޭނާގެ އަނބިމީހާ ހެއިލީ ބީބާ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ. މީގެ ކުރިންވެސް ޗުއްޓީ ދަތުރުތަކުގައި ރާއްޖެއަށް އަންނަ ޖަސްޓިން ބީބާ މިފަހަރު ޗުއްޓީ ހޭދަކުރަމުން އަންނަނީ ނ. އަތޮޅުގެ ރިސޯޓެއް ކަމަށްވާ ސޮނެވާ ޖާނީ ގައެވެ.   ޗުއްޓީ ހޭދަ ކުރުމަށް މި ދެމަފިރިން ރާއްޖެ އައިސްފައިވާއިރު މި ދެމަފިރިން ދަތުރުކުރި އަމިއްލަ ޖެޓް ޖެއްސީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ރޭގެ ވަގުތެއްގައެވެ.   […]

އިދިކޮޅުން ”ކޮތަރުކޮށި“ ނަމުގައި ބޮޑު ޖަލްސާއަކަށް ތައްޔާރުވަނީ

    އިދިކޮޅުން “ ކޮތަރުކޮށި“ ނަމުގައި ބޮޑު ޖަލްސާއެއް ހުޅުމާލޭގައި ބޭއްވުމަށް ތައްޔާރުވާން ފަށައިފިއެވެ. އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނާއިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ މި ޖަލްސާ އޮންނާނީ މިއަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ ފްލެޓްތަކުގެ މެދުގައި ކަމަށެވެ.   ސުޖާ ވިދާޅުވީ މިޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވާނެ ކަމަށެވެ. އަދި މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ […]

ރަހީނުކޮށް ކުއްޖާ މަރާލުން: ދައުވާކޮށްފައިވާ ދެ މީހުންގެ ބަންދުގެ މުއްދަތު ދަމަހައްޓައިފި

  ރަހީނުކުރުމަށްފަހު މަރާލައި ފޮއްޓަކަށްލައި އެއްލައިލި 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައިގައި ދައުވާލިބޭ ދެ މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ދަމަހައްޓައިފިއެވެ. މިމައްސަލާގައި ދަޢުވާކޮށްފައިވަނީ ނ.ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނާއި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެއްގެ މައްޗަށެވެ. މި މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދަން ކޯޓުން ނިންމާފައިވަނީ ސިއްރުކޮށްގެންނެވެ. މިމައްސަލާގައި އިއްޔެ  ކޯޓުން ވަނީ މި ދެމީހުން ބަންދުން ދޫކޮއްލަންޖެހޭ ހާލަތެއް ނެތްކަމަށް ކަނޑައަޅައި ބަންދުގައި ބަހައްޓަން ނިންމާފައެވެ. ރަހުމްކުޑަކޮށް މަރައި އެއްލައިލި ކުޑަކުއްޖާގެ މަރުގެ […]

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިތުރު މިސްކިތެއް އަޅުމަށް ބަޔަކާ ހަވާލުކޮށްފި

  ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތެއް އިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިސްކިތެއް އިމާރާތްކުރުމަށް  ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. މިނިސްޓްރީން ބުނީ އަލަށް އިމާރަތްކުރުމަށް ހަވާލުކުރި މިސްކިތަކީ ވަގުތީ މިސްކިތެއްކަމަށާ މި މިސްކިތް އިމާރަތްކުރުމަށް ހަވާލުކޮށްފައިވަނީ 35 ދުވަހުގެ ތެރޭ މަސައްކަތް ނިންމާގޮތަށްކަމަށެވެ. މިއީ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ދެވަނަ މިސްކިތެވެ. ދައުލަތުގެ ބަޖެޓުން 3.1 މިލިއަން ރުފިޔާ […]

ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި އަންހެނަކު ދޫކޮށްލައިފި

    ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތެކި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި އަންހެނަކު ކޯޓުން މިއަދު ދޫކޮށްލައިފިއެވެ. ކޯޓުން ދޫކޮށްލާފައި ވަނީ 18 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި މިދިޔަ މަހުގެ ދެ ވަނަ ދުވަހު ހައްޔަރުކުރި ބްރެޒިލްގެ ދެމީހުންގެ ތެރެއިން އަންހެން މީހާއެވެ. ނައިރު ނޫނެސް ޑިސޫޒާ (37އ)  ނަމަކަށް ކިޔާ  މިއަންހެން މީހާއާއި އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ހަމަ އެގައުމުގެ ފިރިހެނެއް ކަމަށްވާ ކްރިސްޓިއާނީ ސިލްވާ (28އ) […]